ކޮވިޑް-19 އަށް މިއަދު ރާއްޖެއިން 109 މީހުން ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 78 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. 20 ކޭސް ފެނިފައިވަނީ ރިސޯޓުތަކުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 15،102 އަށް އަރާފައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1160 ކޭސް އެވެ. މި ބަލިން 13،884 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 87 މީހަކަށެވެ. މި ބަލީގައި 51 މީހަކު ވަނީ ނިޔާވެފައެވެ.