ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އިން ތިން މިލިއަން ޑޯޒްގެ ވެކްސިން ސައުދީ އަށް ދެނީ

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށްވުރެ މައްޗަށް އަރައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޝީލްޑް ވެކްސިންގެ ތިން މިލިއަން ޑޯޒް ސައުދީ އަރަބިއްޔާ އަށް ދިނުމަށް ނިންމައިފިއެވެ.

އިންޑިއާ އިން ވަނީ މި ވެކްސިން ރާއްޖެ، ބްރެޒިލް، މޮރޮކޯ ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، މޮރިޝަސް، މިޔަންމާ ފަދަ ގައުމުތަކަށް ވެސް ފޮނުވައިފައެވެ.

ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނި ސީރަމްގެ އަމާޒަކީ ފަގީރު ގައުމުތަކަށް އެއް ބިލިއަން ޑޯޒް ފޯރުކޮށްދިނުމެވެ. އިންޑިއާ ސަރުކާރުގެ އެންގުމަށް ސީރަމް އިން ވަނީ އަވަށްޓެރި ބައެއް ގައުމުތަކަށް ގިނަ އަދަދެއްގެ ވެކްސިން ހަދިޔާ ވެސް ކޮށްފައެވެ.

ސީރަމްގެ ޗީފް އެގްޒެކްޓިވް އަދަރް ޕޫންވާލާ ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއް ނުވަތަ 10 ދުވަހުގެ ތެރޭގައި ވެކްސިން ސައުދީ އަށް ފޮނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: