ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްޕޭރެންސީގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް 55 ދަރަޖައިގެ ކުރިއެރުމެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް (ޓީއައި) ގެ ފަރާތުން ނެރުނު
2020 ވަނަ އަހަރުގެ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ދިވެހިރާއްޖެ 55 ދަރަޖަ މައްޗަށް ޖެހިލައިފިއެވެ.

މިފަހަރުގެ ސީޕީއައި އިން ދައްކާގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 183 ގައުމުގެ ތެރެއިން 75 ވަނައިގައެވެ. 2019 ވަނަ އަހަރު ގައުމުތައް ދަރަޖަ ކުރެވުނުއިރު ރާއްޖެއަށް ލިބުނީ 130 ވަނައެވެ. އެ އަހަރުގެ ސީޕީއައި ގައި ރާއްޖެއަށް ލިބިފައިވަނީ އެންމެ 29 ޕޮއިންޓެވެ.

މިކަމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ގައުމުތަކުގެ ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުގައި މަގުސަދުގައި ޓްރާންސްޕޭރެންސީން ހިންގި ދިރާސާއެއް ކަމަށެވެ. ޓްރާންސްޕޭރެންސީން ބުނި ގޮތުގައި ސީޕީއައި އެކުލަވާލެވުނީ، ދުނިޔޭގެ 183 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސަރވޭތަކަށާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިރުކުރާ ދިރާސާތަކުގެ މައްޗަށެވެ.

ޓްރާންސްޕޭރެންސީން އިތުރަށް ބުނީ، މިއީ ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމުގައި ވީނަމަވެސް، ކޮރަޕްޝަނާ ދެކޮޅަށް ފުރިހަމަކަމާއިއެކު މަސައްކަތް ކުރުމަށް އަދިވެސް ނުކުޅެދިފައިވާކަން މި ދިރާސާއިން ދައްކާ ކަމަށެވެ. އެގޮތުން ރާއްޖެ އަދިވެސް ހިމެނެނީ މި އިންޑެކްސްގައި 50 އަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ތިންބައިކުޅަ ދެބައި ގައުމުތަކުގެ ތެރޭގައި ކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

މިއަހަރުގެ ދިރާސާއިން ފާހަގަކުރެވުނު ބައެއް ކަންތައްތައް ހިއްސާކޮށް ޓްރާންސްޕޭރެންސީން ބުނީ، މިހާރު ދިމާވެގެން އުޅޭ ކޮވިޑުގެ ހާލަތުގައި އެ ބަލިމަޑުކަމާ ދެކޮޅަށް އެޅޭ އެންމެ ބޮޑު ހުރަހަކީވެސް ކޮރަޕްޝަން ކަމަށެވެ. އަދި ކޮވިޑް-19 އަކީ ސިއްހީ އަދި އިޖްތިމާއީ ކާރިސާއެއްގެ އިތުރުން، ކޮރަޕްޝަންގެ ކާރިސާއެއްކަން ދިރާސާއިން ފާހަގަވި ކަމަށް ބުންޏެވެ.

މިކަމާއި ގުޅިގެން ޓްރާންސްޕޭރެންސީން ވަނީ ކުއްލި ހާލަތްތަކުގައި ކޮރަޕްޝަނާ ހާމަކަން ބޮޑު ސިޔާސަތުތަކުގެ މުހިއްމުކަން ފާހަގަކޮށްފައެވެ. އަދި އެ ޖަމިއްޔާގެ ފަރާތުން ވަނީ ހަތަރު ކަމެއް ކުރަން ސަރުކާރަށް ހުށައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިނިވަން މުއައްސަސާތަކަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތަކާއި މިނިވަންކަން ދިނުމާއި، ކޮންޓްރެކްޓިންގެ އުސޫލުތަކާއި ހިލާފަށް ކުރާ ކަންކަން ހުއްޓުވުމަށް ކޮންޓްރެކްޓިން ނިޒާމް ހަރުދަނާ ކުރުމާއި، ސަރުކާރީ ޖަބާދުދާރީ ކުރުވުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުން އަދި ކުއްލި ހާލަތްތަކުގައި ސަރުކާރުން ބޭނުންކުރާ ވަސީލަތްތަކާއި ކުރާ ހަރަދުތަކާ ގުޅޭ މައުލޫމާތު ޝާއިއުކޮށް ފަސޭހައިން ވާސިލުވެވޭން ގޮތް ފަހިކޮށްދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: