ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރު ދިހަ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށޭނެ – އިމްރާން

ފުލުހުންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔަތުގައި މިނިސްޓަރ ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ނިމިގެންދާއިރު ދިހަވަރަކަށް ރަށުގައި ފުލުހުންގެ ޚިދުމަތް އަލަށް ފެށިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާރޒް އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ވ ކެޔޮދޫގައި ފުލުހުންގެ ޚިދުމަތް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް, ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން, މި އަހަރު މަދުވެގެން ދިހަވަރަކަށް ޕޮލިސް ސްޓޭޝަން ހުޅުވިގެންދާނެކަމަށެވެ.

މި އަހަރު މުޅިން އަލަށް ފުލުހުންގެ ޚިދުމަތް ފެށި ފުރަތަމަ ރަށުގެ ގޮތުގައި ކެޔޮދޫގައި ޚިދުމަތް ފައްޓަވައިދެއްވަމުން މިނިސްޓަރ ވިދާޅުވީ ރައްޔިތުން އުއްމީދުކުރާފަދަ ޚިދުމަތެއް ފުލުހުންގެ ފަރާތުން ލިބިގެން ދިއުމަށް އެދިވަޑައިގަންނަވާކަމަށެވެ. މިއީ މުހިއްމު ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަމަށްޓަކައި ފުލުހުންގެ މުއައްސަސާ ހިންގަވަން އިސްކޮށްތިއްބެވި ބޭފުޅުން މިއަދު ވަރަށް ހަރުދަނާކަމާއެކު ކަންކަން ތަރުތީބުކުރައްވަމުން ގެންދަވާކަމަށެވެ.

“މިއަދު ރަށްރަށުގެ ހާލަތާ ކުށުގެ ވެށި ވަރަށްބޮޑަށް ތަފާތުވެއްޖެ. އެހެންކަމުން ކޮންމެ ރަށެއްގައިވެސް ފުލުހުން ގާއިމްވެތިބެ, ކައިރިން ޚިދުމަތް ދިނުމަކީ ރައްޔިތުންގެ އަމާންކަމާއި, ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންވާކަމެއް ކަމަށް މިއަދު ސަރުކާރު ގަބޫލުކުރޭ. އެސިޔާސަތުގެ ދަށުން ޚިދުމަތް ފުޅާކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ސަރުކާރުން ވަނީ އެކަމަށް ވަރަށްބޮޑު އިސްކަމެއް ދީފައި. ” ހޯމް މިނިސްޓަރ ޝޭޙް އިމްރާން އަބްދުﷲ

މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ އުފާވެރިކަމާއި, ހިތްހަމަޖެހުމާއި, އަމާންކަން ކަށަވަރުވުން އޮތީ ރައްޔިތުންނަށް ވަރަށް މުހިއްމު ދެކަމެއްގެ މައްޗަށްކަމަށެވެ. އެއީ ތަނަވަސްކަމާއި, ރޯދި ބަރަކާތް ލިބުމާއި, އެމީހުންގެ ވެށި އަމާންވެ ރައްކާތެރިވުންކަމަށް ވިދާޅުވިއެވެ.

ކެޔޮދޫގައި އެކަށީގެންވާ ވަރުގެ އިގްތިސާދީ ހަރަކާތްތައް ހިނގަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކެޔޮދޫގެ ރައްޔިތުން އެންމެ ބޮޑަށް އިންތިޒާރުކުރަމުން އައީ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވުމަށް ކަމަށެވެ. އަދި ކެޔޮދޫގައި ޕޮލިސް ޕޯސްޓް ހުޅުވުމުން އެކަމަށް މަގުފަހިކޮށްދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެންމެންގެ އެހީތެރިކަމާއެކު ފުލުހުންގެ ޚިދުމަތް ފެށިގެންދާއިރު ތަނަވަސް, ތިޔާގި, އުފާވެރި އަދި އަމާން ރައްކާތެރި ރަށަކަށް ކެޔޮދޫވާނެކަމަށް އުއްމިދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކެޔޮދޫގައި ފުލުހުންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުالله ޝާހިދެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި, ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހަފްލާގެ ޝަރަފުވެރި މެހަމާނު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދެއްކެވި ވާހަކަފުޅުގައި ކެޔޮދޫގައި ގާއިމްކުރެވުނު ފުލުހުންގެ ޚިދުމަތް ކާމިޔާބުވެގެންދާނީ ރައްޔިތުން އެ ހިދުމަތް ބަލައިގަތްމިންވަރުންކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ހިދުމަތެއް ދިނުމަށްޓަކައި ފެށި މި ހިދުމަތް ކާމިޔާބު ވެގެންދާނީ މިކަމުގައި ބައިވެރިވާ ނިސްބަތުންކަން ފާހަގަކުރައްވައި، ފުލުހުންނާ މުޖުތަމައުއާ ގުޅިގެން މި ހިދުމަތް ދެވިގެންދާނީ ހިދުމަތް ބަލައިގަނެ ރަށުގައި މަސައްކަތްކުރާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރެއްވުމުންކަމަށާއި ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ފުލުހުންނަކީ ދިމާވާ ކޮންމެދަތި ކަމެއްގައި ނުވަތަ ހާލާތެއްގައި އަމިއްލަ ނަފްސާއި ފުރާނައަށް ބެލުމެއް ނެތި ރައްޔިތުންގެ ހައްގުގައި ނުކުތުމަށް ހުވާކޮށްގެން ތިބެ އެކަން ސާބިތުކޮށްދީފައިވާ ބައެއްކަމަށާއި ފުލުހުންނަށް އިހުތިރާމްކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އެގޮތުން ކޮވިޑްގެ ހާލަތުގައިވެސް ފުލުހުން އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭކަމަށާއި ފުލުހުން ވެވަޑައިގެންނެވި ގުރުބާނީ އަބަދުވެސް ހަނދާންކުރަންވާނެކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: