ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ސައިންޓިސްޓުން ވެކްސިން އުފެއްދިނަމަ ފަސޭހަ ވީސް: ޔުމްނާ

މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ސައިންޓިސްޓުން ކޮވިޑް-19ގެ ވެކްސިން އުފެއްދިނަމަ މާ ފަސޭހަވީސް ކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އަވައްޓަރި އިންޑިއާއިން ރާއްޖެއަށް ދިން ވެކްސިނާއި ދެކޮޅަށް އިކޮޅު ކޮންގްރެސް ކޯލިޝަނުން ގެންދަނީ އިހުތިޖާޖުކޮށް، ފާޑުވިދާޅުވަމުންނެވެ. އަދި އިދިކޮޅުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް މަޒާޖީގޮތަކަށް ރައްދު ދެއްވައި ޔުމްނާ ވިދާޅުވީ، މި ވެކްސިން ޕީޕީއެމްގެ ސައިންޓިސްޓުން ތައްޔާރު ކުރިނަމަ މާ ރަނގަޅުވީސް ކަމަށެވެ. އޭރުން ރައްޔިތުންނަށް މާ ފަސޭހަވާނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރޝިޕްއިން އިސްނަގައިގެން ކުރިއަށްގެންދާ މުޒާހަރާގައި އިންޑިޔާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ ކޮވިޝީލްޑް ވެކްސިނަށް އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން، ރާއްޖެއަށް މިވަގުތު ގެނެސްފައިވާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ފުރިހަމަ ހުއްދަ ލިބިފައިވާ ވެކްސިނެއް ނޫންކަމަށް އަންނަނީ ބުނަމުންނެވެ. އަދި ކޮވިޝީލްޑް ވެކްސިނަކީ އޮކްސްފޯޑް ޔުނިވަސިޓީގެ އަސްޓްރާޒެނެކާއިން އުފައްދާފައިވާ ވެކްސިނެއްކަމަށް ދައްކަން މަސައްކަތް ކުރާ ކަމަށާއި އެހެންނަމަވެސް، އެއީ އިންޑިޔާގެ ސިރަމް ޔުނިވަސިޓީއާއި އަސްޓްރާޒެނެކާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އިންޑިޔާގައި ތައްޔާރުކޮށްފައިވާ ވެކްސިނެއްކަމަށް ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ. މިއީ ޚާރިޖީ ސިޔާސަތަށްވުރެ މުހިންމު ކަމެއްކަމަށާއި ދިވެހި ރައްޔިތުންގެ ސިއްހަތު އިސްކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރަށް، އެ ވެކްސިނަކީ ޓްރަޔަލް މަރުހަލާގައިވާ ވެކްސިނެއްކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. އަދި ދިވެހި ރައްޔިތުންނަށް ދޭންވާނީ ހަމައެކަނި ފައިޒަރ ވެކްސިންކަމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

އިދިކޮޅުން ކުރަމުންދާ މުޒާހަރާތަކުގައި އެކި ދުވަހު އެކި ކަންކަން ފާހަގަކުރަމުންދާއިރު، މައިގަނޑުގޮތެއްގައި ގޮވާލަމުންދަނީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ. އަދި ރައީސް ސޯލިހު އިސްތިއުފާ ދެއްވުމަށާއި ވަކި މުއައްސަސާތަކުގެ އިސްވެރިން އިސްތިއުފާ ދެއްވުމަށް އަންނަނީ ގޮވާލަމުންނެވެ.

ވެކްސިންގެ ކަންތަކުގައި އިދިކޮޅުން ވަނީ ހެލްތު މިނިސްޓަރާއި ބައްދަލުކުރުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް، އެދުވަހު މިނިސްޓަރާއި ބައްދަލުނުވުމުން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ހިންގަމުންދާ  ދަރުބާރުގެއަށް ވަނުމަށް މުޒާހަރާގެ ބައިވެރިންނާއެކު އިދިކޮޅު ލީޑަރޝިޕުން ވަނީ ގޮސްފައެވެ. ފުލުހުން ވަނީ އެކަމަށް ހުރަސްއަޅައި، މުޒާހަރާގެ ބައިވެރިން އެސަރަހައްދުން ދުރަށް ޖައްސާފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އިމަޖެންސީ ހާލަތްތަކުގައި ވެކްސިން ދިނުމުގެ ހުއްދަ މިހާރު ދޫކޮށްފައިވާއިރު މިވެކްސިން ޖަހާނީ 18 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ. އެކަމަކު މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުން ވެކްސިން ޖެހުމުން ވަނީ އިސްތިސްނާ ކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: