ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ފެންނަ ކޭސްތަކުގެ 30 ޕަސެންޓަކީ އާ ވޭރިއަންޓް: ޑރ. ޝީނާ

ޑރ. ޝީނާ މޫސާ--
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން މިހާރު ފެންނަ ކޮވިޑް19ގެ އާ ކޭސްތަކުގެ 30 ޕަސެންޓަކީ ވައިރަހުގެ އާ ވޭރިއަންޓް ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.ޝީނާ ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތިން ބައިކުޅަ އެއްބައި މީހުންނަކީ މިހާރު ބައެއް ޤައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19ގެ އާބާވަތުގެ ވައިރަސްގެ ސަބަބުން ބަލި ޖެހިފައިވާ މީހުންކަމަށް ލަފާކުރެއްވޭ ކަމަށެވެ.

އަދި ވައިރަހުގެ މި އާ ބާވަތް ފެތުރިގެންދާ އެހެން ޤައުމުތަކުގައިވެސް ކޮވިޑް-19ފެތުރުން ކުރިއަށްވުރެ އަވަސްވެގެން ދިޔަކަމަށާއި ރާއްޖެއިންވެސް މިވަގުތު ފެންނަމުންދަނީ ވައިރަހުގެ އާ ބާވަތާއެކު އެހެން ޤައުމުތަކުންވެސް ފެނިގެންދިޔަފަދަ ޙާލަތެއްކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

“އެޗްއީއޯސީން ހެދި ސްޓަޑީތަކުން ދައްކާގޮތުން މިހާރު އަޅުގަނޑުމެން ތެރޭގައި، ރާއްޖޭގައި އެބަ އުޅޭ އާ ވޭރިއަންޓް، މިހާރު ގާތްގަނޑަކަށް 30 ޕަސެންޓު، ތިން ބައި ކުޅަ އެއްބައި މީހުންނަށް މި ވޭރިއަންޓްގެ ވައްތަރުންނޭ މި ކޮވިޑް ޖެހެނީ،” ޑރ. ޝީނާ ވިދާޅުވި އެވެ.

ވޭރިއަންޓް ދެނެގަތުމަށް ރާއްޖޭގައި ބޭނުންކުރީ އިނގެރޭސިވިލާތުގައި ވެސް އާ ވޭރިއަންޓް ފެނިގެން، ޓެސްޓުކުރުމުގައި އަމަލުކުރި ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: