ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި އިމާރާތް ކުރާ 2،000 ހައުސިން ޔުނިޓްގެ މަސައްކަތް އިންޑިޔާ ކުންފުޏަކަށް

ދެހާސް ފްލެޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް އިންޑިޔާ ކުންފުންޏަކާއި ހަވާލު ކޮށްފިއެވެ.

މިި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ ނޭޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާ އެންބީސީއާ އެކު މަޝްރޫއުގައި ސޮއިކޮށްފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން ތިން ބެޑްރޫމް އަދި ތިން ފާޚާނާގެ 1400 ޔުނިޓާއި، ދެ ބެޑްރޫމް އަދި ދެ ފާޚާނާގެ 600 ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ފައިނޭންސިންގެ 85 އިންސައްތަ ހަމަޖައްސާނީ ކޮންޓްރެކްޓަރގެ ފަރާތުންނެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ފަށާތާ 900 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ފުރިހަމަކުރެވޭނެ ކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައިވަނީ މި ހައުސިންގ ޔުނިޓުތަކަކީ، ކުރިން ތަރައްޤީކޮށްފައިވާ މި ގިންތީގެ ހައުސިންގ ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: