ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަހީދުގެ ބައްޕާފުޅު އަވަހާރަވުމުން ނަޝީދުގެ ތައުޒިޔާ

ރައީސް ނަޝީދު އަދި ރައީސް ވަހީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބައްޕާފުޅު، ހަސަން އިބްރާހިމް މަނިކު (ހަނދުވަރު ހަސަންމަނިކު) އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ތައުޒިޔާ ފޮނުއްވައިފިއެވެ.

ހަނދުވަރު ހަސަން މަނިކު އަވަހާރަވީ އާލާސްކަންފުޅެއްގައި އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ. ހަސަން އިބްރާހިމް މަނިކު އަވަހާރަވީ އުމުރުފުޅުން 92 އަހަރުގައެވެ.

ރައީސް ވަހީދުގެ އާއިލާ އަށް ނަޝީދު ތައުޒިޔާ ފޮނުއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ހަނދުވަރު ހަސަން މަނިކަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ދައުލަތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚިދުމަތްތެރިއެކެވެ. ދިވެހި ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި ހަސަން މަނިކު 50 އަހަރު ހޭދަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: