ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއަލަލަމްޕޫރް އާއި ލަންޑަންގައި ވޯޓު ފޮށި ނުބެހެއްޓޭނެކަން ޔަގީންވެއްޖެ: ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، ސަންގުޓީވީގެ ހަބަރަށް ފަހު ޕްތޮގުރާމުގައި: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކަައުންސިލް އިންތިހާބުގައި މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރްގެ އާއި އިނގިރޭސިވިލާތުގެ ލަންޑަނުގައި ބެހެއްޓުމަށް ހުއްދަ ނުލިބޭނެކަން ޔަގީންވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ފޮށިތައް އެޕްރީލް 10 ގައި ކުއަލަލަމްޕޫރްގެ އިތުރުން ލަންޑަނުގައި ބެހެއްޓުމަށް ހުއްދަ ނުލިބޭނެކަން ޔަގީންވެފައިވާ ކަމަށެވެ.

އެ ދެ ގައުމުގައި ވޯޓު ފޮށި ނުބެހެއްޓެނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންއާ ގުޅިގެން ހުރި ދަތިތަކެއްގެ ސަބަބުން އިންތިހާބު އިތުރަށް ފަސް ކުރުމަށް އެދި މަޖިލީހަށް ހުށަހަޅަން އީސީން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: