ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ބަންގުލަދޭޝަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގުލަދޭޝުގެ ދައުވަތަކާ ގުޅިގެން ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު މިއަދު އެ ޤައުމަށް ފުރާވަޑައިގެންފިއެވެ.

2 ދުވަހުގެ މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. އޭ. ކޭ. އަބްދުލް މޮމެންގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ މޮމެންއާއިއެކު ފޮރިން މިނިސްޓަރ ޝާހިދު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދް އާއި ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ.

ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު އާއި ޖޮއިންޓް ސެކްރެޓަރީ ފާތުމަތު ގިނާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: