ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ އިލްމުވެރިންގެ ޒިންމާއެއް: އިސްލާމިކް މިނިސްޓްރީ

އިސްލާާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު. ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ އިލްމުވެރިންގެ ޒިންމާއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްގެންދިޔަ މިޔުޒިކް އަޑުއަހާލައި، ހާސްކަމެއް ނެތި މަޖާ ކޮށްލުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި ބައެއް މެމްބަރުން މިއުޒިކަކީ ހަރާމް އެއްޗެއް ނޫން ކަމަށް ބުނެ އިލްމުވެރިންނަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އިސްލާމް ދީނުގެ ޙުކުމްތަކަށް އިޙްތިރާމްކޮށް މަތިވެރިކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބު ކަމެއް ކަމަށެވެ.

“ދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ ދީނުގެ ޢިލްމު އުނގެނިގެން ތިބި، ދީނީ ނަޞޭޙަތް ދިނުމާއި ވަޢުޒު ބުނުމުގެ ހުއްދަ ލިބިފައިވާ ޢިލްމުވެރިންގެ ޒިންމާއެއް” މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ރޮކް މިއުޒިކަކީ ހަރާމް އެއްޗަކަށް ވާން ޖެހޭނެ ކަމަށާއި، މަނާ ކުރެވެން ޖެހޭނެ ކަމަށް ދީނީ އިލްމުވެރިއެއް ކަމަށް ބުނާ ބޭފުޅަކު ވިދާޅުވެފައިވާ ކަމަށާއި، މިއީ ދެއްކެވޭނެ ވާހަކައެއް ނޫން ކަމަށެވެ.

އިންތިގެ އެ ވާހަކަތަކަށް ގިނަ ދީނީ އިލްމުވެރިން ވަނީ ރައްދު ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: