ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިސްޓް ބެޑް ނައިޓްސް މިއަހަރު 10 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭ: މައުސޫމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ދޭން ފަށާފައިވާތީ މިއަހަރު 10 މިލިއަން ބެޑްނައިޓްސް ލިބޭނެކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މައުސޫމް ވިދާޅުވީ، މިއަހަރުގެ ބަޖެޓް ތައްޔާރުކުރިއިރު ރާއްޖެ އަންނާނެކަމަށް އެންމެ ފުރަތަމަ އަންދާޒާ ކުރީ އެއް މިލިއަން ފަތުރުވެރިންކަމަށެވެ. ނަމަވެސް ރާއްޖޭގައި ކުރިން އުއްމިދު ކުރި މުއްދަތަށްވުރެ އަވަހަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށިފައިވާތީ އެ ޢަދަދު މުރާޖައާކޮށް މިހާރު ރާއްޖެ އަންނާނެކަމަށް ލަފާކުރަނީ 1.5 މިލިއަން ފަތުރުވެރިންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރު ފަތުރުވެރިންގެ ޢަދަދުން ގުނުމުގެ ބަދަލުގައި ޢަދަދުތައް ގުނާނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ ޢަދަދު ނުވަތަ ބެޑް ނައިޓްސް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ޖެނުއަރީ އަދި ފެބުރުއަރީގައި ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ކުރިން އަންދާޒާ ކުރި ޢަދަދަށްވުރެ މަދުންކަމަށާއި، އެގޮތުން މިދިޔަ އަހަރަށްވުރެ 47 ޕަސެންޓް ދަށްކަކަމަށެވެ. ނަމަވެސް ރަޝިއާއާއި ޗައިނާއިން ފަތުރުވެރިން އަންނަން ފެށުމުން ފަތުރުވެރިން އަންނަ ޢަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އެއީ ބެޑްނައިޓާއި ލިބޭ އާމްދަނީއާއި ގުޅިފަ އޮންނާތީ. އެހެންވީމަ މިހާރު އަޅުގަނޑުމެން މި އަންދާޒާ ކުރަނީ 10 މިލިއަން ބެޑްނައިޓްސް ލިބޭނެކަމަށް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެއްޖެ. މި ޖެނުއަރީ ފެބުރުއަރީގައި އަޅުގަނޑުމެން ފުރަތަމަ އަންދާޒާކުރި ޢަދަދަކަށް ފަތުރުވެރިންނެއް ނުއެއް އައި. އެއީ ޔޫރަޕް އާދަޔާ ޚިލާފަށް ބަންދުވުމާއި ގުޅިގެން. ނަމަވެސް ވެކްސިން މިހާރު ފެށީމަ އުއްމީދު އާވެއްޖެ.” މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ، ރާއްޖޭގައި ސަރުކާރުން ވެކްސިން ދިނުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތާއި، ވެކްސިން ޕްރޮގްރާމަށް ލިބޭ ތަރުހީބުގެ އަލީގައި އާބާދީއަށް އެއްކޮށް އެންމެ ފުރަތަމަ ވެކްސިން ޖެހުމުގެ ފުރުޞަތު ލިބޭ ޤައުމަކަށް ރާއްޖެ ވާނެކަމަށެވެ. އެކަން މިހާރުވެސް ބޭރު މީޑިއާގައި ފާހަގަކުރަމުން އަންނަކަމަށާއި، އެހެންކަމުން މިހާރުވެސް ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލްކަމަށް ފަތުރުވެރިން ދެކޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: