ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވް ވީ 100 މީހުން! ވެކްސިން ޖެހި މީހުންގެ އަދަދު 3910!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އަށް މިއަދު ޕޮޒިޓިވް ވެފައިވަނީ 100 މީހުންކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއެއް ކުރި ޓްވީޓެއްގައި ވާގޮތުން، މިއަދު މާލޭ ސަރަޙައްދުން 75 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ރިސޯޓުތަކުން ފަނަރަ މީހުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅު ތެރެއިން ދިހަ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މުޅި ދުނިޔޭގައި ހަލުވި ކަމާއެކުގައި ފެތުރެމުންދާ މި ބަލި ރާއްޖޭގައި ފެތުރެން ފަށާފައިވަނީ މިިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭގަފަހުން ޖުމްލަ 17201 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި 56 މީހަކު ވަނީ ނިޔާވެފައެވެ. މިވަގުތު އެކްޓިވް 2160 ކޭސް އެއް އުޅޭއިރު، އޭގެތެރެއިން 214 މީހަކށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ގޮތުން، މިއަދު އެކަނި މި ބަލިން ރައްކާތެރިވުމަށް 3910 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އަދި މިހާތަނަށް ޖުމްލަ 20161 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: