ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތީ ތައުލީމުގެ ލޯނަށް ހުޅުވާލައިފި

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބްރާހިމް ހަސަން... ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުންނާއި ރާއްޖެއިން މަތީ ތައުލީމު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ލޯނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަލަށް ކިޔަވާ 299 ދަރިވަރެއްގެ އިތުރުން މިހާރު ކިޔަވަމުންދާ 471 ދަރިވަރަކަށް ހުޅުވާލާފައިވާ ކަަމަށެވެ.

މިނިސްޓްރީން ބުނެފައިވަނީ، މާޗް ހަތަރު ވަނަ ދުވަހާއި ހަމައަށް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

އަދި ލޯނަށް އެދި ފޯމު ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގައި ޗެކްލިސްޓަށް ސަމާލުކަންދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، އިއުލާނުގެ މުއްދަތު ހަމަވުމުގެ ހަތް ދުވަސްކުރިން (26 ފެބްރުއަރީ 2021 ދުވަހުގެ ކުރިން) ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީއިން ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭނަމަ އެކަން އަންގައި ރަނގަޅު ކުރުމަށް ފުރުސަތު ދެވޭނެ ކަމަށެވެ. އަދި 26 ފެބްރުއަރީން ފެށިގެން ހުށަހަޅާ އެޕްލިކޭޝަންތަކަށް މި ފުރުސަތު ދެވެން ނޯންނާނެ ކަމަށާއި، މިފުރުސަތު ދެވޭ ފަރާތްތަކުންވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި 4 މާޗު 2021 ގެ 13.30 ގެ ކުރިން އެޕްލިކޭޝަން ފޯމް ރީސަބްމިޓްކުރަންވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: