ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޖިންސީ އަނިޔާގެ މައްސަލަތަކުގައި އިންސާފު ލިބުމުގެ އަސާސަކީ އިޖްރާއަތްތައް ފުރިހަމަކުރުން”

ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ގާއިމުކުރުން މުހިއްމު ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަ މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ، ޓޫރިޒަމް މިނިސްޓްރިގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ދައުވާ އުފުލާފައިވާ އަލީ ވަހީދު، ރާއްޖެ ދޫކުރައްވާ ބޭރަށް ވަޑައިގަތުމާއި ގުޅިގެން ސަރުކާރާއި، ޕްރޮސެކިއުޓަރ ޖެނެރަލަށް އަދ ކްރިމިނަލް ކޯޓަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.

ޖެންޑާ މިނިސްޓަރު އައިޝާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާއި އަދި އެފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު ވަކިފަރާތަކަށް ނުޖެހި، ދެގޮތެއްނުވެ، ހަރުދަނާގޮތެއްގައި އެ ފަދަ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ޤާއިމުކުރުން މުހިއްމު ކަމަށެވެ.

އެގޮތުން އެއީ އެފަދަ މައްސަލަތަކުގައި އިންސާފު ގާއިމު ކުރުމުގެ މައިގަނޑު އަސާސް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ބޭސްފަރުވާ އަކަށް ފުރުމުގެ ގޮތުންނެވެ. އެގޮތުން އަލީ ވަހީދު ވަޑައިގެންފައިވަނީ އިނގިރޭސިވިލާތަށް ކަމަށްވާއިރު މިއީ އޭނާ މީގެ ކުރިންވެސް ހިމާޔަތް ދީފައިވާ ގައުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: