ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރާނެ ފަރާތްތައް ހޯދަނީ

އިންތިޚާބުގެ ކެންޑިޑޭޓުން، އޮފިޝަލުން އަދި ވޯޓު ލާންދާ މީހުްނގެ އުދޫލު ވަނީ އެކުލަވާލާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ހަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީނު ކުރާނެ 33 ޓްރެއިނަރުން ބޭނުންވާ ކަމަށެވެ.

އަދި އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް 2021 މާރިޗް 06 އިން 2021 މާރިޗް 13 އަށް ޓްރެއިނިން އޮފް ޓްރެއިނާސް (ޓީ.އޯ.ޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އިލެކްޝަނުން ބުނެފައި ވެއެވެ.

ހަމަމިއާއެކު ޓްރެއިނަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ކުރިއަށްގެންދާ ޓީ.އޯ.ޓީގެ ހުރިހާ ހަރަދުތައް ހަމަޖައްސާނީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކަމަށާއި ޓީ.އޯ.ޓީ ފުރިހަމަ ކުރައްވާ ފަރާތްތަކާއެކު އިގުރާރު ކުރެވޭނެ ކަމަށާއި ތަމްރީނުކުރުމުގައި އަތޮޅުތަކާއި، ސިޓީތަކުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 1000 (އެއްހާސް) ރުފިޔާގެ އުޖޫރައެއް ދެވޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

އަދި ޓްރެއިނިންގ އޮފް ޓްރެއިނާސް (ޓީ.އޯ.ޓީ) ޕްރޮގްރާމު ފުރިހަމަ ކުރުމުން 1800 ގެ އުޖޫރައެއް ވެސް އެ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އީސީން ވަނީ އެއިއުލާނުގައި ބުނެފަ އެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހަޅަށް ޖެހޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ އީމެއިލް މެދުވެރިކޮށެވެ. އަދި ޓްރެއިނަރުން ހޮވުމުގައި ނިމިދިޔަ އިންތިހާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، އުނގަންނައި ދިނުމުގެ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ވެސް އީސީ ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: