ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުން ފޮނުވި ނޯޓިސް އަނބުރާ ފޮނުވާލާނަން: މަލީހު

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް. ފޮޓޯ: އާކައިވްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ފޮނުވި ނޯޓިސްގައި މައްސަލަ އެބަހުރި ކަމަށާއި އެ ނޯޓިސް އަނބުރާ ފޮނުވާލާނެ ކަމަށް މަލީހު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް މިިދިޔަ ހަފްތާގައި ހުށައެޅުއްވީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމްއެވެ. އާޒިމް ހުށަހެޅުއްވި މިމައްސަލައައި ގުޅިގެން މަލީހު ވިދާޅުވީ ނޯޓިސް ލިބުނު އިރު އޮތީ މުޅިން ދޮގު މައުލޫމާތު ކަމަށެވެ.

މިނިސްޓަރު މަލީހު މިރޭ ވިދާޅުވީ މަޖިލީހުގެ ނޯޓިސް ލިބިފައިވާ ކަމަށާއި ނަމަވެސް ގަރާރު ތައްޔާރު ކުރެއްވި މެންބަރު 14 މެންބަރުންނަށް އޮޅުވާ ލައްވާފައިވާ ކަމަށެވެ.

“ސުލޫކީ ފިޔަވަޅު އަޅަން ޖެހޭ. ގަރާރު ބާތިލު، ހަމަނުޖެހޭ ދޮގު ވާހަކަ، ނަން ދިމާނުވޭ،” މަލީހު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެއީ ގާނޫނީ ބޮޑެތި މައްސަލަތައް ކަމަށާއި މާދަމާ އެ ނޯޓިސް އަނބުރާ ފޮނުވާލައްވާނެ ކަމަށެވެ.

މިނިސްޓަރ މަލީހަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އިތުބާރު ނެތްކަން ނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ހުށައެޅުމަށް ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަދުވަހުއެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޕާޓީން ވެއްދޭނީ، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ފާސްކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: