ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުމަތިން ފެނުނު މީހާ އާއި މަރުވެފައި އޮއްވާ މީހާއަކީ ލަންކާ މަސްވެރިން!

ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އަތޮޅު ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮއްވާ ފެނުނު މީހާ އާއި ވ. އަތޮޅު އަންބަރާ ބޭރުން އޮޔާ ދިޔަ ޑިންގީގައި އިން މީހާއަކީ ސްރީލަންކާ އިން މަސްވެރިކަމަށް ނުކުތް ބައެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ވ.އަންބަރާ ބޭރުން ޑިންގީއެއްގައި ފެނުނު މީހާއާއި ވ. ފޮއްތެޔޮ ބޮޑުފުށިން ފެނުނު މީހާއަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ލަންކާއިން މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ބެހިގެން ރައްޖެއާ ހަމައަށް އައި ބައެއް ކަމަށެވެ.

މިމައްސަލާގައި އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތު ކަމާ ގުޅުންހުރި ރަސްމީ އިދާރާތައް މެދުވެރިކޮށް ހޯދަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށި ގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަަށް ލިބިފައި ވަނީ އިއްޔެ 11:02 އެހާ ކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ. ބިދޭސީއެއްކަމަށް ބެލެވޭ އެމީހާގެ ހަށި ގަނޑު ފެނިފައިވަނީ އެރަށަށް ދަނޑި ކަޑަން ގޮސް އުޅުނު ބަޔަކަށް ކަމަށް ފުލުހުން ބުނެއެވެ.

ހާލުގައި ޖެހި އޮޔާ ދިޔަ ޑިންގީއެއްގައި އިން ބިދޭސީއަކު ވ. އަންބާރާ ކައިރިން ފެނި ކޯސްޓްގާރޑްގެ ބެލުމުގެ ދަށުން އެ ޑިންގީއާއި އޭގައިހުރި މީހާ ވ.ފުލިދޫއަށް ގެންގޮސްވަނީ އެރަށު ފުލުހުންނާ ޙަވާލުކޮށްފައެވެ. އަދި އެމީހާގެ އަތުގައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު އެއީ ސްރީ ލަންކާ މީހެއްކަމަށް ބެލެވޭކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: