ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް ކެނޑިޑޭޓެއްގެ ފޯމު އީސީން ބާތިލު ކުރީ ޤާނޫނާއި ހިލާފަށް: ސުޕްރީމް ކޯޓު

ފޯމު ބަލައިގަތްތާ އަހަރެއް ފަހުން ކެނޑިޑޭޓެއްގެ ފޯމު ބަތިލު ކުރި މައްސަލައިގައި ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބުގައި، ކަނޑޫދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަ ކުރަން ހުށަހެޅި އެ ރަށު އުސްގެ، ހަސަން މޫސާގެ ކެންޑިޑެސީ ފޯމު ބަލައިގަތުމަށްފަހު، އޭގެ ފަހުން އޭނާގެ ކެނޑިޑެސީ ބާތިލު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ، ހުކުމާއި އެއްގޮތަށް ސާބިތު ދަރަންޏެއްގެ ފައިސާ ނުދައްކާކަމަށް ބުނެ ކެނޑިޑޭޓެއްގެ، ފޯމު ބާތިލު ކުރި މައްސަލައެކެވެ. އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ހަސަން މޫސާގެ ކެނޑިޑެސީ ބާތިލު ކުރީ މި އަހަރުގެ ޖެނުއަރީ މަހުއެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ނިންމި އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުން، އިލެކްޝަންސް ކޮމިޝަނުން ހަސަން މޫސާގެ ފޯމު ބަލައިގެންފައިވާކަން އެންގީ މިދިޔަ އަހަރުގެ ފެބްރުއަރީގައެވެ.

ނަމަވެސް އޭގެ އަހަރެއް ފަހުން، ހަސަން މޫސާގެ ކެނޑިޑެސީ ބާތިލުކުރުމުން ކަނޑޫދޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓު އޮޓޮމެޓިކުން ކައުންސިލަށް ހޮވިފައިވާކަމަށް އީސީން ވަނީ އިއުލާނުކޮށްފައެވެ.

މި މައްސަލަ ހަސަން މޫސާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ ކެނޑިޑޭޓަކު އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާތާ 48 ގަޑިއިރު ނުވަތަ ދެ ދުވަހުގެ ތެރޭގައި އެ މީހާގެ ކެނޑިޑެސީ ފޯމު ބަލައިގަތުމާއި މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭނެކަމަށް އިންތިހާބުތަކާއި ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެ މުއްދަތުގެ ތެރޭގައި ހަސަން މޫސާގެ ފޯމުގެ އިވަލުއޭޝަނަށްފަހު އެއްވެސް މައްސަލައެއް ނެތްކަން ކޮމިޝަނުން އޭނާއަށް އެންގި ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ އީސީއިން ހަސަން މޫސާގެ ފޯމު ބާތިލު ކުރީ އަހަރެއް ފަހުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މީހެއްގެ ކެނޑިޑެސީ ފޯމު ބަލައިގަތުމަށްފަހު، އެ ފޯމެއް ދެން ބާތިލު ކުރެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމަކުންކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

މައްސަލައިގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ، ހަސަން މޫސާއަކީ ކައުންސިލް އިންތިހާބުގެ ގަނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ފަރާތެއްތޯ ބެލުމަށްފަހު، ހަސަން މޫސާގެ ކެނޑިޑެސިއާއި މެދު ގޮތެއް ނިންމައިދޭން އެދި އިލެކްޝަންސް އިން މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި ހުށަހެޅި ކަމަށެވެ. އަދި އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ނިންމި ނިންމުން، އީސީން އިސްތިއުނާފު ނުކުރާ ކަމަށެވެ.

ކޯޓުގެ ގަވައިދުގެ ދަށުން ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ ނިންމުމެއް، އަލުން ބަލަން އެދި ހުށަހެޅުމުގެ ހައްގު ކަމުގެ މަސްލަހަތު އޮންނަ ކޮންމެ ފަރާތަކަށް ވެސް ލިބިގެންވާކަން ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

މި ނުކުތާތައް ފާހަގަކޮށް، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހަސަންގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލު ކުރީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އޭނާގެ ކެންޑިޑެސީ ބާތިލު ކުރުމަށް ސުޕްރީމް ކޯޓުން ނުނިންމާހާ ހިނދަކު، ކެންޑިޑޭޓުންގެ ލިސްޓުން އޭނާގެ ނަން އުނި ނުކުރެވޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ވެއެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ރައުޔުއަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރުން އައިޝާ ޝުޖޫން މުހައްމަދު ވަނީ ތާއީދު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: