ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭމަންޑޫ އަށް ކަރަންޓު ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބުރަ މަސައްކަތްތަކަށް ފަހު ވޭމަންޑުއަށް ކަރަންޓް ދީފީއެވެ. ޅ

އެރަށަށް ކަރަންޓު ދެވިފައިވަނީ ބުރާސްފަތި ދުވަހުރޭ 11:35 އެހައިންކާއިރު އެވެ. އެރަށަށް މިދިނީ ވަގުތީ ކަރަންޓެކެވެ.

އެރަށަށް ކަންޓު ދީފައިވަނީ ތ. ގުރައިދޫން ޖަނަރޭޓަރެއް ގެނެސްގެންނެވެ. އެ ޖަނަރޭޓަރު ވޭމަންޑުއަށް ގެނެސްފައިވަނީ ބުރާސްފަތި ދުވަހު ހެނދުނުއެވެ. އެގެނައި ގޮތަސް އިންސްޓޯލް ކުރުމަށްފަހު އެރަށަށް ކަރަންޓް ދެމުން ގެންދަނީ ސަރަހައްދު ތަކަށް ވަކީންނެވެ.

ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތާހުރި 3 ޖަނަރޭޓަރުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އެހެން ކަމުން މާލެއިން ޖަނަރޭޓަރު އެރަށަށް އަންނަންދެން ކަރަންޓު ދެމުން ގެންދާނީ ގުރައިދޫން ގެނައި ޖަނަރޭޓަރުންނެވެ. އެ ޖަނަރޭޓަރުތައް މިރޭ ފަތިހު ވޭމަންޑުއާ ހަމައަށް ފޯރާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: