ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާނިވާ ސަރަޙައްދުގައި ހުރި ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކޮށްދޭ ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކާނިވާ ސަރަޙައްދުން ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރުމަށާއި، މުއްދަތުހަމަވާ އެއްބަސްވުންތައް ބާތިކުރުމަށް ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ކާނިވާ ސަރަޙައްދުގައި ހުރި ބިންތައް ބެލެހެއްޓުމުގެ މަސައްކަތް ހަވާލުވެފައިވަނީ އެ ކައުންސިލާ ކަމަށާއި އެ ބިންތައް ހަވާލުކުރުމުގައި، ބިންތަކުގައި ކުރާ ވިޔަފާރިތަކުގެ އެއްބަސްވުން ބެލެހެޓުމުގެ ބައެއް މަސައްކަތްތައް މާލެ ސިޓީ ކައުންސިލްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ އެ ސަރަޙައްދުގައި މިހާރު ހިންގަމުންދާ ކެފޭ ތަކާއި އެނޫންވެސް ތަންތަނަށް ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވެފައިވާނަމަ އެތަންތަން ހުސްކުރުމާއި، އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް އެއްބަސްވުމެއްގެ މުއްދަތު އިތުރުނުކުރުމާއި، އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާ ފަރާތްތަކުގެ އެއްބަސްވުން ބާޠިލްކުރުމަށް ކައުންސިލަށް މަތިކޮށްފައިވާކަމަށެވެ.

މި މަސްއޫލިއްޔަތު، ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ މާލެ ރީ ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކާނިވާ ސަރަޙައްދަށް އެކުލަވާލާފައިވާ ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ ތެރެއިންކަމަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: