ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 އަހަރުން މަތީގެ އެންމެން ވެކްސިން ޖަހަން ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގައި އުޅޭ 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހަން ހުޅުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަހައްދުގައި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް މާދަމާއިން ފެށިގެން ކޮވިޑް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިއްޔެގެ ނިޔަލަށް މާލެއިން ވެކްސިން ޖަހާފައިވާ މީހުންގެ ޖުމްލަ އަދަދަކީ 77،251 އެވެ. އަދި އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 39،864 އެވެ. ޖުމްލަ 117،115 މީހުން ގަޔަށް މިހާރު ވެކްސިން ޖަހާފައިވާއިރު ވެކްސިން ޖަހާ މިހުންގެ އަދަދު މި ފަހުން ވަނީ މަދުވާން ފަށާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް-19 ދިފާޢު ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ މަހުގެ 1 ވަނަ ދުވަހުއެވެ. ފުރަތަމަ މި ޕްރޮގްރާމް ފެށީ މާލެ ސަރަޙައްދުގެ ސެންޓަރުތަކާއި އަތޮޅުތަކުގެ ތިން ސަރަޙައްދެއްގެ ތިން ސެންޓަރުގައެވެ. މިހާތަނަށް އައިއިރު ވެކްސިން ދިނުމުގެ ކަންކަން މާލެ ސަރަޙައްދުގެ 7 ސެންޓަރާއި، އަތޮޅުތަކުގެ 169 ސެންޓަރުގައި ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: