ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރު އީސާ މަޖިލީހަށް ވަޑައިނުގަންނަވާތީ ނަޝީދުގެ ކަންބޮޑުވުން!

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ މަޖިލީހަށް ވަޑައި ނުގަންނަވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށައި ވަޑައި ނުގަންނަވާ ސަބަބަބާމެދު ކަންބޮޑުވެލައްވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ތިބީ 33 މެމްބަރުން ކަމަށާއި ސަލާމުގައި ތިބީ ހަ މެމްބަރުން ކަމަށެވެ. އަދި ކަރަންޓީނުގައި ތިން މެމްބަރުން ތިއްބެވި ކަމަށެވެ.

ނަމަވެސް ބައެއް މެމްބަރުން ވަކި އެއްޗެއް ނާންގަވާ މަޖިލީހަށް ވަޑައިނުގަންނަވާ ކަމުގެ ކަންބޮޑުވުން އެމަނިކުފާނު މިއަދު ފާޅުކުރެއްވި އެވެ. އެގޮތުން މެމްބަރު އީސަގެ ނަން ރިޔާސަތުން ފާހަގަކުރެއްވި އެވެ.

“އަދި ބައެއް އިއްޒަތެރި މެންބަރުން އެބަ ތިއްބެވި ސަލާންވެސް މިތަނަށް ނުފޮނުއްވަވާ، އަދި ކަރަންޓީނުގެ ހާލަތުގައި ނޫންވިޔަސްވެސް، މަޖިލީހަށް ވަޑައި ނުގަންނަވާތާ ޖަލްސާތަކަށް ވަޑައި ނުގަންނަވާތާ ގިނަ ދުވަސްތަކެއް ވަމުންދާ މެންބަރުން. އަޅުގަނޑު މިއަދު ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްރި މެންބަރު އަހުމަދު އީސާ މި ތަނަށް ވަޑައި ނުގަންނަވާ އަދި ސަލާން ނުފޮނުައްވާ ހުންނަވާ ސަބަބާ ގުޅޭގޮތުން ކަންބޮޑުވޭ.” ނަޝީދު ވިދާޅުވިއެވެ.

ބައެއް މެމްބަރުން އަހަރު ދުވަސް ވަންދެން އެއްވެސް ޖަލްސާއަކަށް ހާޒިރުނުވެ، ސަލާމުގައި ތިއްބެވި ކަމަށް މަޖިލިސް ރައީސް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: