ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަންގެ ތުހުމަތުތަކަށް ފެނަކައިން ރައްދު ދީފި

ފެނަކަ އެމްޑީ އަހުމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަނާ ގުޅޭގޮތުން ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަށަ އެކުންފުނިން ރައްދު ދީފިއެވެ.

“ދެކުންފުންޏެއްގެ ކޮރަޕްޝަންގެ ހާލަތު: ޒީރޯ ޓޮލަރެންސް ކޮބާ؟”ގެ ނަމުގައި “މިހާރު” ނޫހުން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އޭސީސީގެ ރިޕޯޓުން ހާމަވާގޮތުގައި 2012 އަހަރުން ފެށިގެން މިދިޔަ އަހަރާ ދޭތެރޭގައި ކޮރަޕްޝަންގެ އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަހަރުގައި ކަމަށެވެ.

ފެނަކަ އާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ދުވަހެއް ދުވަހުން އިތުރުވަމުންދާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މައްސަލަތައް އިސްލާހު ކުރަން އޭސީސީއިން އެންގިނަމަވެސް އެކަމަށް ބަދަލެއް ފެނިގެން ގޮސްފައި ނުވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

އެކަންތައްތަކަށް ރައްދު ދިނުމަށް މިއަދު ފެނަކަ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލު ކުރާ ގަވާއިދު ވަނީ 2018 ވަނަ އަހަރު ޑިރެކްޓަރުންގެ ބޯޑުން ބަދަލުކޮށްފައި ކަމަށެވެ. އެއީ ފެނަކަ އާ ފަހުން ހަވާލުވި ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމެއް ކަމަށް ފެނަކަ އިން ވަނީ ބުނެފައެވެ.

އަދި އެ ނޫންވެސް އެހެން ގަވާއިދުތަކަށް ވަނީ ފަހުގެ ބޯޑުން އިސްލާހު ގެނެސްގައި ކަމަށް ފެނަކައިން ބުނެއެވެ. އެގޮތުން 250،000 ރުފިޔާއިން ފެށިގެން 5،000،000 ރުފިޔާއާ ދެމެދުގެ މުއާމަލާތެއް ނަމަ ކުރިއަށް ގެންދާނީ ޑައިރެކްޓް ޕާޗޭސް ކޮމިޓީއިން އިވެލުއޭޓްކޮށް ފާސް ކުރެވިގެން ކަމަށް ފެނަކައިން ބުނެއެވެ. އަދި 5،000،000 ރުފިޔާއިން ފެށިގެން މަތީ މުއާމަލާތެއް ނަމަ އެ މުއާމަލާތެއް ކުރިއަށް ގެންދާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ލިބިގެންކަމުގައި ވާނީ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާގެ ގޮތުގެ ގަވާއިދަށް އިސްލާހު ގެނެސްފައި ކަމަށް ފެނަކައިން ބުނެފައިވެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ ކުންފުންޏަށް ތުހުމަތު ކުރެވޭ ގޮތަށް އެހެން ފަރާތަކާ ހަވާލާދެއްވާފައި ވިޔަސް ލިޔުއްވުމުގެ ކުރިން، ކަމާގުޅޭ ތަފްސީލް އެ ކުންފުނިން ހޯއްދެވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މައުލޫމާތު ހާމަކުރަން ވާނީ ކަމުގެ ހަގީގަތް އެނގޭގޮތަށް ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.

އެއްވެސް ނޫހަކުން މައުލޫމާތެއް ހޯދަން އެދިގެން، އެއްބާރުލުން ނުދީ، ކަންކަން ސިއްރުކުރުމަކީ ފެނަކަގެ މިހާރުގެ މެނޭޖްމެންޓްގެ އުސޫލު ނޫން ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: