ފޭދޫގެ ދެގްރޫޕެއްގެ ދެމެދުގައި ހިނގި ގްރޫޕް މަރާމާރީ އާއި ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އެމީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރު، 20 އަހަރު، 21 އަހަރުގެ ދެ މީހުން އަދި 32 އަހަރުގެ މީހެކެވެ. ފުލުހުން ބުނެފައިވަނީ މިމައްސަލަ އައްޑޫސިޓީ ގަން ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށެވެ.

މި މަރާމާރީގައި ހަތް މީހަކަށް އަނިޔާވެފައިވާއިރު، އެ މީހުންގެ ތެރެއިން ބައެއް މީހުންނަށް ފޭދޫ ހެލްތު ސެންޓަރުގައި އަދި ދެން ތިބި މީހުންނަށް ހިތަދޫ ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ.