ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުމްބާއީ އިން މާފަރަށް ސީދާ ދަތުރުތައް ފަށަނީ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ---- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ މުމްބާއީ އިން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިރެކްޓް ފްލައިޓް ފަށަން ތައްޔާރުވެއްޖެ އެވެ.

މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިލެންޑް އޭވިއޭޝަންސް ގެ މެނޭޖިންގ ޑިރެކްޓަރ މިހާދު ވިދާޅުވީ މުމްބައި އިން މާފަރަށް ޑައިރެކްޓް ފްލައިޓުތައް ފެށުމަށް މިހާރު ތައްޔާރުވެ، އޭޕްރިލް 13 ވަނަ ދުވަހު ފުރަތަމަ ފްލައިޓު މުމްބައި އިން މާފަރަށް ފުރަތަމަ ފްލައިޓު ޖެއްސުމަށް ހަމަޖެހިފައިވާ ކަމަަށެވެ.

“އެކަމާއި ބެހޭގޮތުން ހުރިހާ ތައްޔާރީތައްވެ، އަޅުގަނޑުމެންގެ ޓީމުން ވަނީ އެހިސާބުގެ ރިސޯޓުތަކާއި އަދި ބައެއް ގެސްޓްހައުސް ތަކާއެކު ވެސް މަސައްކަތް ކުރެވިފަ. އަޅުގަނޑު އުންމީދު ކުރަނީ މިފުރުސަތު އެހިސާބުގެ ހުރިހާ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ފުރިހަމައަށް ބޭނުން ކުރާނެ ކަމަށް” މިހާދު ވިދާޅުވިއެވެ.

އެގޮތުން މި ދަތުރުތައް ފަށާއިރު ހަފްތާއަކު ތިން ފްލައިޓް މުމްބާއީ އިން މާފަރަށް ބާއްވާނެކަމަށް ވިދާޅުވި އެވެ. އަދި އިންޑިއާގެ އިތުރު އެހެން ސިޓީއަކުން ވެސް ރާއްޖެއަށް ވަރަށް އަވަހަށް ދަތުރު ފެށޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: