މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެން ކަމަށާއި, އެމަންޒަރު އެތައް ދުވަހަކު ދެކުނިންކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެެވެ.
މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް އިބްރާހިމް ސޯލިހަށް ރާއްޖޭގެ ހާލަތު ފެނިވަޑައިގަންނަވަނީ “ވަޅެއްގައި އޮންނަ ބޮކަކަށް އުޑު” ފެންނަ ގޮތަކަށް ކަމަށެވެ.
ރައީސް ސޯލިހަށް އާދަމް ޝަރީފް ފާޑު ވިދާޅުވާން ފެށުމާއެކު އަނދުން ހުސައިން ވަނީ ނިޒާމީ މައްސަލައެއް ނަންގަވައިފައެވެ.
އަނދުން ހުސެއިން ވިދާޅުވީ އާދަމް ޝަރީފް މަޖިލިހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެން ކަމަށެވެ.
“އަޅުގަނޑުމެންނަށް ފެނޭ ކިތަންމެ ދުވަހަކު، އާދަމް ޝަރީފް ވަޑައިގަންނަވާ އިރު ފެޑް ޖައްސަވާފައި ހުންނަވާ ތަން. ފަހަތުން ތެމިފަ، ލޭ ތެމިފަ” އަނދުން ހުސައިން ވިދާޅުވިއެވެ.
2 Responses
ލަދުހަޔާތް ކުޑަބައެއް. ތިމާމެން ހިތުހުރި ވާހަކައެއްދައްކާފައި އަވަގުރާނަގޮވާފައި ނެތިމޮށިފަ ތިމާމެންނީ ޢިއްޒަތްތެރިންކަމުގައި ބުނާއިރު އިއްޒަތްވަނީ ﷲ އާއި ރަސޫލާއަށާއި މުއުމިނުންނަށްކަން ނުދަންތަ ބައެއް މިނޫނިއްތާ ތިބޭނެތަ. މުއުމިނުންގެ ސިފައަކީ ކޮބައިކަން ދަސްކޮށް ބަލަ ފުރަތަމަ
ޕެޑް ޖަހަން ޖެހިދާނެ ހަމަ ކޮންމެ މީހަކުވެސް! މަލާމާތް ގިނަފަހަރަށް ރައްދުވާކަމަށްވޭ މަލާމާތް ކުރާ މީހާއަށް