ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަކުން އެޗްޕީއޭއަށް ސިޔާސީ ނުފޫޒެއް ނުފޯރުވާ: ހަސަންޓޭ

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަކުން އެޗްޕީއޭއަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ ކަމަަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު(ހަސަންޓޭ) ވިދާޅުވެެއްޖެއެވެ.

ސަންގު ޓީވީގެ “ވާތު ސަންގު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ހަސަންޓޭ ވިދާޅުވީ ކޮވިޑްގެ މި ދަތި ހާލަތުގައި މުއަސަސާތަކާ ގުޅޭ ގޮތުން ދޮގު ހަބަރު ފެތުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

ހަސަންޓޭ ވިދާޅުވީ ކޮވިޑްއާ ގުޅިގެން ރާއްޖޭގައި އެހެން ގިނަ ގައުމުތަކަށް ނުކުރެވޭ މިންވަރަށް މަސައްކަތް ކޮށްފައި ކަމަަށާއި އެކަން އެގޮތަށް ދިމާވަނީ މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަަށެވެ.

“ރާއްޖޭގައި މިހާތަނަށް ދެ ލައްކަ މީހުންނަށް ވެކްސިން ޖަހަައިފި. ފަސް ލައްކައަށް ވުރެ ގިނަ މީހުން ކޮވިޑަށް ޓެސްޓް ކޮށްފި. މި ދަންނަވާ ވާހަކައަކީ މި ސަރުކާރަކުންނެއް އެޗްޕީއޭއަކަަށް ސިޔާސީ ނުފޫޒެއް ނުފޯރުވާއޭ. އެއީ ޑޮކްޓަރުންގެ ލަފާގެ މަތިން ކުރާ ކަންކަމޭ.” ހަސަންޓޭ ވިދާޅުވިއެވެ.

އެޗްޕީއަށް ސިޔާސީ ޕާޓީތައް ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރުން ދީފައިވާކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެޗްޕީއޭގެ ބައެއް ނިންމުންތަކަކީ ރައްޔިތުންނަށް ޖެއްސުން ކުރަން ނިންމާ ނިންމުންތަކެއް ކަމަށް ހީވާ ކަމަށް ބައެއް ފަރާތަކުން ބުނެއެވެ. އެފަދަ ނިންމުންތަކުން އެތައް ބަޔަކަށް ބޮޑެތި ތަކުލީފުތަކެއް ލިބިގެންދާ ކަމަށް ވެސް ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: