ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މިމީހުން ނެގި ލޯނުތަކުން ގައުމު ބަނގުރޫޓިވީ! އަޅެ ލަދުހަޔާތްވެސް ނެތީތަ؟”

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އަދި ނައިފަރު ދާއިރާގެ މެމްބަރު އަމުދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ގޯސްވެފައިމިވަނީ ކުރީ ސަރުކާރުން ނެގި ލޯނުތަކުގެ ސަބަބުން ކަމަށާއި އިގްތިސާދު ހަލާކުވެފައިވާކަމުގެ ވާހަކަތައް ދައްކަން އިދިކޮޅު ކޯލިޝަންގެ މެމްބަރުން ލަދުގަންނަން ޖެހޭނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ ދައުލަތުން ކަމެއްކުރާއިރު އެކަން ވާންވާނީ އިންސާފްވެރި ކަމާއެކު ކަމަށެވެ. މެމްބަރު ހަސަން ވިދާޅުވީ ކުރީ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުން އިންސާފްވެރިކަމާއި ހަމަހަމަކަމާއެކު ކަންކަން ކުރުމަށް ފުދޭވަރަކަށް ދުވަސް ނަގާނެ ކަމަށެވެ.

ކުރީ ސަރުކާރުން ކޮށްފައިވާ ކަންކަމަށް ފާޑުވިދާޅުވަމުން މެމްބަރު ހަސަން ވަނީ އެސްޓީއޯއިން އަގުހެޔޮކޮށް ތެޔޮ ނެގުމަށްފަހު ނައިފަރު ދާއިރާ ހިސާބުގައި ތެޔޮ ފީފާ ޖަހާލާފައި ހުންނަތަން ފެންނަކަމަށެވެ. ދައުލަތުގެ މުއައްސަސާތަކުން ކުރާ ވައްކަން ބަލަންޖެހޭ ކަމަށް މެމްބަރު ހަސަން ވިދާޅުވިއެވެ.

ވައްކަންކޮށްފައި ތިބި އެންމެން މިތިބީ ދޫކޮށްލާފައި މަގުމަތީގައި! ދިވެހި ދައުލަތް ކާލައިގެން މިމީހުން މިއުޅެނީ މަގުމަތީގައި! އެޔެއް ނޫން އަދުލުވެރިކަމަކީ؟ ދައުލަތުން ބައި ރުފިޔާ ވަގަށް ނެގިޔަސް އެމީހާއަށް ހައްގު އަދަބު ދިނުން، އެއީ އަދުލުވެރިކަމަކީ! މިއަދު މިގައުމު މިހާހިސާބަށް ދުއްވާލާފައި މިމީހުން މިވާހަކަ ދައްކަން މަގުމަތީ ތިބުމަކީ އެއީ ގައުމަށް ލިބޭނެ ފައިދާއެއްނޫން!

މިވާހަކަތަކައި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނިޒާމީ މައްސަލައެއް ނަންގަވައި މެމްބަރު ހަސަންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ތަބަކަށް ލައިގެން ދެރަށެއް ވިއްކާލުމަށް މަސައްކަތްކުރިތަން ފެނިގެންގޮސްފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެއަށްފަހު ވާހަކަ ކުރިއަށް ގެންދަވަމުން މެމްބަރު ހަސަން ވިދާޅުވީ ޑޮލަރު އަގު ބޮޑު ވާންޖެހުނީ ކުރީ ސަރުކާރުން ކުރި ވައްކަންތަކުގެ ސަބަބުން ކަމަށެވެ.

މުޅި ގައުމު ދިރުވާލައިގެން މިމީހުން މިތިބީ އެތައް ޑޮަލަރެއް ނަގައިގެން. މިހާރު މިޖެހެނީ އެލޯނުތައް ދައްކަން! ލަދުހަޔާތްވެސް ނެތީއޭ އަޅެ ވާހަކައެއް ދައްކާއިރުގަ. އަޅެ ދާން އޮތް އެހެން ދުނިޔެއެއް އޮތްކަންވެސް ދަންނަންޖެހޭނެ ދޯ ދުނިޔޭގަ އުޅޭއިރު!

ގައުމެއްގެ ގާނޫނު އަސާސީއަށް އެންމެންވެސް އަމަލުކުރަންޖެހޭނެ ކަމަށާއި ހުވާ ކޮށްގެން ތިބެ، ފްލެޓުތައް ކާލުމަކުން ނުނިމޭކަމަށް ހަސަން ވިދާޅުވިއެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 19%ބޮޑު ޖޯކެއް 19%ހައިރާންވެއްޖެ 0%ވަރަށް ދެރަ 19%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: