ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ވެރިކަމުގެ ކުރިން ރ އަތޮޅު ރައްޔިތުން ދިރިއުޅުނީ ނަޖިސްފެން ބޮއެގެން: މެމްބަރު ހަސަން އަހުމަދު

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު: ފޮޓޯ/ ރައީސްގެ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، 24،000ގެ އާބާދީއެއް އޮންނަ ރ އަތޮޅުގެ ރައްޔިތުން ދިރިއުޅެމުން އައިސްފައިވަނީ ނަޖިސްފެން ބޮއެގެން ކަމަށާއި ނަމަވެސް، މިހާރު އެކަންކަން ބަދަލުވެ، ތަރައްގީ ގެނެސް ނިންމަމުންދާކަމަށް މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވިދާޅުވެއްޖެއެވެ.

ރ މީދޫގައި ކުރިއަށް ގެންދިޔަ ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން، ހަސަން ވިދާޅުވީ، ރައީސް ސާލިހުވަނީ ރ އަތޮޅަށް ގިނަ ތަރައްގީތަކެއް ގެނެސްދެއްވާފައިކަމަށެވެ. އެގޮތުން ދުނިޔޭގެ ކަންކަންކޮޅުތަކުގައި އަދިވެސް މަދަރުސާތައް ނެތް ގައުމުތައް ތިބިކަމަށްވީނަމަވެސް ދިވެހިންނަށް އޮންލައިންކޮށް ޑިގްރީ ހާސިލު ކުރެވޭނެ މަގު ތަނަވަސްވެފައިވާކަމަށް އެނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ކަންކަން ކުރަމުންދަނީ އަތޮޅާއި ރަށްރަށުގެ ރައްޔިތުންނާއެކުވެސް މަޝްވަރާކުރުމަށްފަހުކަމަށެވެ. އެނާ ވިދާޅުވީ މި އަހަރު ނިމޭއިރު އުނގޫފާރުގެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރެވިގެންދާނެކަމަށެވެ. އެހެންކަމުން ބޭސް ފަރުވާގެ ނަމުގައި މާލެއަށް ދަތުރުކުރަންޖެހުން ނިމުމަކަށް އަންނާނެކަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ކަންކަން ކުރުމަށް ވަގުތު ނަގާނެކަމަށެވެ. އަދި ބޭނުންވާއިރު ކަންވެ ނިމުމަކީ ދުނިޔެ ހިނގާ ގޮތެއް ނޫންކަމަށް ސިފަކުރައްވާ ހަސަން ވިދާޅުވީ، ކެތްތެރިކަން ހުންނަންޖެހޭކަމަށެވެ. އެނާ ވިދާޅުވީ، ވެރިކަމާއި ހަވާލުވެގެން އެމްޑީޕީއިން ރ އަތޮޅުގެ ތަރައްގީއަށް ވިސްނި އިރު، ފެނާ ނަރުދަމާ ފަދަކަންކަން ތަރައްގީ ކުރެވިފައިނުވާކަމަށެވެ.

އެނާ ވިދާޅުވީ، ރ އަތޮޅަކީ 24،000 ގެ އާބާދީއެއް ދިރިއުޅެމުންދާ 15 ރަށްކަމަށްވީނަމަވެސް ރައްޔިތުން ދިރިއުޅެމުންދިޔައީ ނަޖިސްފެން ބޮއެގެންކަމަށެވެ. އަދި ސާފު ފެން ފޯރުކޮށްދިނުމުގެ މަސައްކަތްތައްވެސް ނިންމަމުންދާކަމަށާއި ރައީސް ސާލިހަށް ވޯޓު ދެއްވަންވީ އެ ފަދަ ތަރައްގީތަކަށްޓަކައިކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: