ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމަރު ނަސީރު ހައްޔަރު ކުރުމަށް އެމްޑީޕީ މެމްބަރުން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ހޯމް މިނިސްޓަރ އުމަދު ނަސީރާއި މެދު ފިޔަވަޅު އެޅައި، އޭނާ ހައްޔަރު ކުރުމަށް މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެމްބަރުން ގޮވާލައިފިއެވެ.

އުތުރުތިލަފަޅު އެއްބަސްވުންކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރި މައްސަލަ ބެލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ އެއްވެސް ކަމެއް ސިޔާސީ ކުރަން އުޅުމުން ރަނގަޅު ނުވާނެ ކަމަށެވެ. އަދި އުމަރު ނަސީރަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ހަލީމް ވިދާޅުވީ އެގްރިމެންޓެކޭ ބުނެ ފޭކް ޑޮކިއުމެންޓެއް ނެރެގެން ރައްޔިތުންގެ ތެރޭގައި ފިތުނަ އުފައްދަން ނޫޅެވޭނެކަމަށެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން މުލަކު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ނަޞީރު ވިދާޅުވީ އުމަރު ނަސީރަކީ މީގެ ކުރިންވެސް ރާއްޖޭގެ ސަލާމަތީ ބާރުތައް ހިފުމަށް ގޮވާލައި އެފަދަ މަސައްކަތް ކުރި މީހެއްކަމަށެވެ. މިފަދަ މީހަކު މުޖުތަމައުގެ ތެރޭގައި ދޫކޮސްފައި ބެހެއްޓުމަކީ އޮތް ނުރައްކަލެއްކަމަށް އޭނާ ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސްލަހަތު ގާއިމް ކުރުމަށްކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޤައުމުވިއްކާލިގޮތް ފަޅާއެރުވީތީ އުމަރުހައްޔަރު ކުރަން ގޮވަނީ ސާބަހޭއުމަރު ތިބޭފުޅާއަކީ މިގައުމު ދެކެލޯބިވާ ބަތޮލެއް ސާބަސްއުމަރު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: