ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިހުގެ ދެ ކަނބަލުން ބަންގްލަދޭޝްއަށް ވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އާއި އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަހުމަދު ބަންގްލަދޭޝްއަށް ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ބަންގްލަދޭޝްއަށް ވަޑައިގަތުމުން، އެގައުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރައީސް ޞާލިހުގެ މިދަތުރުފުޅަކީ ބަންގްލަދޭޝްއަށް 1975 ވަނަ އަހަރު އަވަހާރަކޮށްލާފައިވާ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ އަދި މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ބައްޕާފުޅު ޝެއިޚް މުޖީބުއްރަހުމާނަށް 100 އަހަރު ފުރުމުގެ މުނާޞަބާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އަދި އިތުރުން ބަނގުލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ޒިޔާރަތްކުރެއްވުމާއި އެ ޤައުމުގެ ސަރުކާރުގެ އިސްއޮފިޝަލުންނާއި ބައްދަލުކުރައްވައި އެކިދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސް އާއި ދިވެހި ވަފުދުގެ ބޭފުޅުން އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 2021 މާރިޗު 20 ވަނަ ދުވަހުގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: