ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރު ތިލަފަޅު އެއްބަސްވުން 241 ކޮމިޓީއާ ހިއްސާކުރެވެން ޖެހޭ: އުޝާމް

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަކީ މަޖިލީހުގައިި މެމްބަރުން ތިއްބަވާ ހުރިހާ ސިޔާސީ ޕާޓީއެއް ހިމެނޭ ގޮތަށް ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުލަވައިލާފައިވާ ކޮމިޓީއަކަށް ވާތީ، އެ ކޮމިޓީއަށް ހުށަނޭޅޭނެ އެއްބަސްވުމެއް އޮންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ އުތުރު ތިލަފަޅާ ގުޅޭ އެގްރީމެންޓްގެ ޑްރާފްޓެއް ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ލީކްކޮށްލި ލިޔުމާ ގުޅޭގޮތުން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ލީކްކޮށްފައިވާ ޑްރާފްޓް އެއްބަސްވުމާއި ސޮއިކުރި އެއްބަސްވުމާ ދިމާވޭތޯ ނުވަތަ ނޫންތޯ ޔަގީންކުރަން ރައްޔިތުން މިއަދު ބޭނުންވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ކަންބޮޑުވުމަށް ޖަވާބެއް ހޯދުމަށް ޓަކައި އުތުރު ތިލަފަޅުގެ އެއްބަސްވުން އެކޮމިޓީއަށް ގެނެސް އޭގެ ހަގީގަތް ބެލުމަކީ މަޖިލީހުން މިއަދު ކުރަން ޖެހޭ ކަމެއް ކަމަށް އުޝާމް ވިދާޅުވި އެވެ.

އެ މައްސަލައިގެ ބަހުސް ކުރިއަށް ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއީ މަޖިލީހަށް ހުށަހަޅަންޖެހޭ އެއްބަސްވުމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ އެއީ އިންޑިއާ އިން ނުރުހޭ ކަމަކަށް ވާތީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ނެތް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފް އިން އެފަދައިން ބުނުމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެ އެއްބަސްވުން ސިއްރު ކުރަންޖެހޭ ސަބަބެއް ނެތްކަން އެކަމުން ވެސް އެނގިގެންދާ ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުން ދިވެހި ރައްޔިތުންނަށް ހާމަކުރުމަށް އޭނާ ގޮވާލެއްވި އެވެ.

އެ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނާ ލިޔުން ލީކްކޮށްލުމުން އުމަރު ހައްޔަރު ކުރުމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން މިއަދު ވަނީ ގޮވާލައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: