ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ ޝުކުރު މިނިސްޓަރ ޔުމްނާއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު، މިނިސްޓަރ އޮފް އާރްޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނަށް ޝުކުރު އަދާކޮށްފިއެވެ.

ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ވަނީ މިއަދުގެ ވަގުތެއްގައި މާލޭގެ މޭޔަރުކަމަށް ތާޢީދުކުރައްވަނީ އަނަސްއަށްކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ، އަނަސްއަކީ 2017 ވަނަ އަހަރުގައި ކޯލިޝަނުން ކުރިޔަށްގެންދިޔަ އިސްލާހީ ޚަރަކާތުގައި އަނަސް ބައިވެރިވެފައިވާ ކަމަށާއި އަނަސް އަކީ ގާބިލް ހީވާގި ބޭފުޅެއްކަމަށެވެ.

“މާލޭ މޭޔަރު ކަމަށް އަޅުގަނޑު ތާއީދު ކުރަނީ @anasabdulsattarއަށް.”

މާލޭގެ މޭޔަރުކަމަށް ތިން ބޭފުޅަކު ދަނީ ވާދަކުރައްވަމުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން އަނަސް، އިދިކޮޅު ކޯލިޝަންގެ ފަރާތުން ޑރ.މުޙައްމަދު މުޢިއްޒު އަދި އަމިއްލަ ގޮތުން އަލްޚާން ފަހުމީއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: