ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ މޫލީ މެދުވެރިކޮށް ރޯދައަށް ވިޔަފާރި ކޮށްލުމުން، ޑެލިވާ ކޮށްދިނުން މުޅިން ހިލޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހަކީ އެއްބައިވަންތަކަން ދިރުވާ އާލާ ކުރާ މަހަކަށް ވުމުން، އާއިލާއާއި ރައްޓެހިންނާއެކު ގުޅުން ބަދަހި ކުރުމަށް ވަގުތު ހޭދަ ކުރުމަކީ އާދަކާދައެވެ. ހަމަ އެއާއެކު، ގޭތެރެ ޒީނަތްތެރިކޮށް ބަދިގެއަށް ބޭނުންވާ ސާމާނު ހަމަކޮށް އާކުރުމަކީ ވެސް ރަމަޟާން މަހަށް ތައްޔާރުވުމުގެ ބޮޑު ބައެކެވެ.

އުރީދޫން ބުނެފައި ވަނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ވިޔަފާރިކުރާ ތަކެތި އީކޮމާރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ވިޔަފާރި ކޮށްލެވޭނެ ކަމަށް އެޓީމުން ވަނީ ވިދާޅުވެފައެވެ. އަދި ބައްލަވައި ގަންނަ ކޮންމެ އައިޓަމެއް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަރ ކޮށްދޭނެ ކަމަށް ވެސް އެޓީމުން ވިދާޅުވެފައި ވެއެވެ.

އުރީދޫން މައުލޫމާތުދޭ ގޮތުގައި، ރޯދައަށް ބޭނުންވާ ތަކެތި ހިމެނޭ މި އައު ސެކްޝަންގައި، ބާބަކިއު ގްރިލް، އިލެކްޓްރިކް ގްރިލް، އަވަން، ރައިސް ކުކަރ، ކޮފީ މޭކަރ، ޕޮކެޓް ރޭޑިއޯ، އިސްތިރި ފަދަ އެތަކެއް އައިޓަމެއް ވަނީ ހިމަނާފައެވެ.

އެކި ރޭންޖުގެ ނަން މަޝްހޫރު ބްރޭންޑް ތަކުގެ މި ޕްރޮޑަކްޓްތަކަކީ އިތުބާރު ހިފޭ މަރޗަންޓުން ޕްލެޓްފޯމްގައި ފީޗަރ ކުރައްވާ ޕްރޮޑަކްޓެކެވެ. މޫލީ ޓީމުން ދެންނެވި ގޮތުގައި ކުރިއަށް އޮތްތަނުގައި ގިނަ މަރޗަންޓުންނާއެކު އިތުރު ޕްރޮޑަކްޓްތައް ވެސް ފެނިގެން ދާނެއެވެ.

މޫލީ މެދުވެރިކޮށް ރޯދައަށް ވިޔަފާރި ކޮށްލުމަށް:

1- އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ http://ore.do/app

2- ޝޮޕް ހިޔާރު ކުރެއްވުމަށް ފަހު ROADHA ESSENTIALS  ނުވަތަ ބޭނުންފުޅުވާ ކެޓެގަރީއެއް ހިޔާރު ކުރައްވާ

3- ބޭނުންވާ އައިޓަމް ހިޔާރު ކުރެއްވުމަށް ފަހު ADD TO CART އަށް ފިތާލައްވާ.

4- ކާޓް އަށް ގޮސް ޗެކްއައުޓް ކުރައްވާ

5- ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖައްސަވާ

6- އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ

ގައިދުރުކަން ބަހައްޓަން ޖެހި ދަތުރު ފަތުރު ކުރުމަށް ހުރަސްތަކެއް ދިމާވެފައިވާ މި ދުވަސްވަރު މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ތަކެތި ވިޔަފާރިކޮށްލުމުގެ ފުރުސަތު ފަހި ކޮށްދިނުމަކީ ކަސްޓަމަރުންނަށް ލިބޭނެ ލުއެކެވެ. ރައްކާތެރިކަމާއެކު ގޭގައި ތިއްބަަވައިގެން މޫލީ މެދުވެރިކޮށް ވިޔަފާރި ކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލަދޭނެއެވެ.

މޫލީގެ ޕާރޓްނަރުންނާއެކު މޫލީ ޓީމުން މަސައްކަތް ކުރަމުން ދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއް ދީގެން، އެޗް.ޕީ.އޭ ގެ އިރުޝާދުތަކާ އެއްގޮތަށެވެ. ރާއްޖޭގެ ކޮންމެ ނެޓްވާރކެއްގެ ކަސްޓަމަރަކަސް މޫލީ މެދުވެރިކޮށް ރޯދައަށް ތައްޔާރުވުމަށް ބޭނުންވާ ތަކެތި ވިޔަފާރިކޮށްލުމަށް މޫލީއިން މަރުހަބާ ކިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: