ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޔަރު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެއް ހުއްޓުވާ ބަޔަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޤަވާއިދާއި ޚިލާފަށް މިޔަރުގެ މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ހިފަހައްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11:30 ހާއިރު އދ.މަންދޫ ކައިރީގައި ބަޔަކު މިޔަރުގެ މަސްވެރިކަން ކުރަމުންދާކަމަށް ލިބުނު މަޢުލޫމާތުތަކާއި ގުޅިގެން އދ.އަތޮޅުގައި މަސައްކަތްުރާ ފުލުހުން ވަނީ އެ ދޯނި ލޮކޭޓްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށެވެ. ފުލުހުން ބުނީ އެ ދޯނި ހުއްޓުވާފައިވަނީ މާވަރު ފަޅު ކައިރިން 4 މީހުންނާއެކު މިޔަރަުގެ މަސްވެރިކަން ކުރަމުންދަނިކޮށްކަމަށެވެ. އަދި އެ ދޯނި ބަލާ ފާސްކުރިއިރު ދޯނިތެރެއިން މިޔަރާއި، މިޔަރު އުރަހަ އަދި ލޮނު އަޅާފައިހުރި މިޔަރު މަސް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

ރާއްޖޭގައި މިޔަރަކީ ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. އެގޮތުން މިޔަރަު ބޭނުމާއި ހިފުމާއި، އޭގެ ފިޔަފާރިކުރުމަކީ ޤާނޫނުން މަނާކަމެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: