ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ ސަރުކާރުން ދިން ސިނޮފާމް ވެކްސިންގެ ފުރަތަމަ ބެޗު ރާއްޖެއާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރާ ދެ ލައްކަ ޑޯޒްގެ ސިނޮފާމް ވެކްސިންގެ ފުރަތަމަ ބެޗު ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ވެކްސިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ހަވާލުކޮށް ދެއްވީ ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއެވެ.

މި ރަސްމިއްޔާތުގައި ޝާހިދު ވަނީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް، ހާއްސަކޮށް ވެކްސިނޭޝަން ޕްރޮގްރާމަށް ޗައިނާ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ދީލަތި އެހީތެރިކަމަށް ޝުކުރު ދަންނަވައިފައެވެ.

އަދި ޗައިނާގައި އުފައްދާ ވެކްސިނަކީ އެންމެންނަށް ލިބޭނެ ވެކްސިނެއް ކަން ކަށަވަރުކޮށް ދެއްވުމަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި ޗައިނާ ސަރުކާރަށް ވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: