ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީސީޕީއަކަށް އަލީ ރަޝީދު އައްޔަންކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޢަލީ ރަޝިދު ހަމަޖައްސައިފިއެވެ.

ޢަލީ ރަޝީދު އެ މަޤާމަށް އައްޔަންކުރެއްވީ މިދިޔަ މިދިޔަ ބުރާސްފަތިދުވަހުއެވެ. އަދި މަޤާމު ހަވާލުކުރުމަށް އިސްކަންދަރުކޮށީގައި މިދިޔަ ހުކުރު ދުވަހު ވަނީ ރަސްމިްޔާތެއް ބާއްވާފައެވެ.

ޢަލީ ރަޝީދު ވަނީ ފުލުހުންގެ މުއައްސަސާއަށް 25 އަހަރު ޚިދުމަތްކުރައްވާފައެވެ. އަލީ ރަޝީދަކީ އަތޮޅުތަކުގެ ޕޮލިސް ސްޓޭޓަންތައް ބެހެއްޓުމުގެ އެންމެ އިސްކޮށް ހުންނެވި ފަރާތެވެ. މީގެ އިތުރުން ރިސޯސް މެނޭޖްމަންޓް ކަންކަންވެސް އޭނާ ގެންދަވަނީ ބަލަހައްޓަމުންނެވެ.

އަލީ ރަޝީދު ވަނީ މެލޭޝިއާއިން ޝަރީޢާ އެންޑް ލޯ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.

އަލީ ރަޝިދު ޑެޕިއުޓީ ކޮމިޝަނަރ އަކަށް އައްޔަންކުރެއްވުމުން މިހާރު އެ މަޤާމުގައި ތިއްބަވާނީ ޢަލީ ރަޝިދުގެ އިތުރުން ޢަބްދުލް މަންނާން ޔޫސުފެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: