ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއަށް ތޮއްޖެހުން ކުޑަ ކުރުމަަށް ދަފްތަރު އުވާލަން ޖެހޭ: ސަނީފް

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސަރަަހައްދަށް ރައްޔިތުން ތޮއްޖެއްސުން ހުއްޓުވުމަށް ދަފްތަރު އުވާލަން ޖެހޭ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށް ފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ މާލެއަށް ތޮއްޖެއްސުން ކުޑަ ކުރެވޭނީ ދަފްތަރު އުވާލެވިގެން ކަމަށާއި މަޖިލިސް ތެރެއިން އެކަން ކުރަން ޖެހޭ ކަމަށެވެ. އަދި ރަށްތައް އިދާރީ ގޮތުން ބާރުވެރި ކުރުވިގެން ނޫނީ ތޮއްޖެހުމު މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް ސަނީފް ވިދާޅުވިއެވެ.

“ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކެރޭނެތޯއޭ މާލެއަށް މީއްނަ ދަފްތަރު އުވާލަން. ކީއްކުރަން އިން ދަފްތަރެއް ތޯ. ދަފްތަރު އުވާލެވެން ޖެހޭނޫންތޯ. ރާއްޖޭގެ އެކި ރަށްތަކުގައި ތިބި ރައްޔިތުން މާލެ ގެނެސް ތޮއްޖެއްސުންތޯ ވިސްނުމަކީ. އެކަން ބަދަލުކުރަން އެބަޖެހޭ.” ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ ގެ ނެތް، އަމިއްލަ ރަށުގައި އުޅެން ބޭނުންވާ ކޮންމެ މީހަކަށް އެ ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭނެ ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ ކުޑަ އިންޓަރެސްޓެއްގައި ލޯނު ދޫކޮށް ގެދޮރު އަޅަން ބޭނުންވާ މީހުންނަށް ފަސޭހަ ފުރުސަތުތަކެއް ތަނަވަސްކޮށްދިނުން ކަމަށް ސަނީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގަން ފެށުމުން މި މައްސަލަތައް ހައްލުވެގެން ދާނެ ކަމަށެވެ.

މާލޭގެ ދަފްތަރަކީ މާ ކުރިއްސުރެން ވެސް އުވާލަން ވެފައިވާ އެއްޗެއް ކަމަށާއި ދަފްތަރާ ހެދި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

މާލޭގެ ދަފްތަރު އުވާލުމާ ގުޅޭ ގޮތުން މިނިސްޓަރު ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯ ރައްޔިތުންގެ މަޖިލީހުގައި، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އެއްސެވުމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެއީ އޮންނަން ޖެހޭ އެއްޗެއް ކަަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މާލޭގައި ދާއިމީކޮށް ދިރިއުޅޭ ރަށްރަށުގެ މީހުން ރަޖިސްޓްރީވާ އެ ދަފްތަރު އުވާލަން ޖެހޭ ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: