ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 90 އަށް!

ކ.ހުރާ~ ފޮޓޯ: އެމްޓީސީސީ~
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ހުރާ އިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 90 އަށް އަރައިފި އެވެ.

ހުރާ ކައުންސިލުން ބުނީ އިއްޔެ އިތުރު 24 މީހަކު އެރަށުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ކޭސްތަކާއެކު އެ ރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 90 ވަނީ އަރާފައެވެ. އަދި މިހާތަނަށް 70 ސާމްޕަލެއްގެ ނަތީޖާ ލިބިފައިނުވާ ކަމަށް ކައުންސިލުން ބުނެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ވެސް ހިމެނެ އެވެ. ހުރާ އިން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއް އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ. މިއަދު 65 އަހަރުން މަތީގެ އެއްވެސް މީހަކު ޕޮޒިޓިވްވެފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ހުރާއިން ކޮވިޑްގެ ކޭސްތަކެއް ފެނުނީ ބަލިވެގެން ޑޮކްޓަރަށް ދައްކަން މާލެ ގެންދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ކޮންޓެކްޓް ޓްރޭސިން ހަދައި ގިނަ ބައެއްގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރުމުންނެވެ.

އެރަށުގެ ކޭސްތައް އިތުރުވަމުން އަންނާތީ އެޗްޕީއޭގެ ޚާއްސަ ޓީމެއް އެރަށަށް ގޮސް ރެންޑަމް ސާމްޕަލްތަކެއް ނެގުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: