ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު އޮތީ ގަޑުބަޑުކޮށްފައި: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރު ވެރިކަމަށް އައިއިރު، ލާމަރުކަޒީ ނިޒާމު އޮތީ ކައުންސިލްތަކަށް މާބޮޑު ބާރުތަކެއް އިޚްތިޔާރުތަކެއް ނެތި، މުޅިން ގަޑުބަޑު ކޮށްފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ “ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް” ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

އެ ރަސްމިއްޔާތުގައި ރައީސްގެ ވަނީ، ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެނައި އިޞްލާޙުތަކާއެކު، ކައުންސިލުތަކަށް، ރަށާއި އަތޮޅާއި ސިޓީތަކުގެ ތަރައްގީއަށް މަސައްކަތްކުރުމަށް ލިބިގެންދިޔަ ބާރާއި ފަހިވެފައިވާ ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ކައުންސިލުތަކުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި، ލާމަރުކަޒީ އުޞޫލުން ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކުރާއިރު ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި، އެހީތެރިކަން މި ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކައުންސިލަރުންނަށް އެއްވެސް އިޚްތިޔާރެއް، ބާރެއް ނެތްގޮތަށް، ހުރިހާ ކަމެއް ހުރީ މިނިސްޓަރުގެ ބާރުގެ ދަށަށް ބަދަލުކޮށްފައި ކަމަށާއި ކައުންސިލަރުން ސަސްޕެންޑް ކުރުމާއި، ކައުންސިލްތަކަށް ޖެއްސުންކޮށް ދަތިކުރުން އޮތީ، ސަރުކާރުގެ އާދައަކަށް ހަދާފައިކަން ފާހަގަކުރައްވަމުން ރައީސް ވަނީ ވަކިން ޚާއްޞަކޮށް، ސިޓީ ކައުންސިލްތަކުގެ އެއްވެސް ބާރެއް ނެތްގޮތަށް، ހުރިހާ ކަމެއް ސަރުކާރުގެ ބާރުގެ ދަށަށް ބަދަލުކުރި ކަމަށް ވިދާޅުވިއެވެ.

“އިރާދަކުރެއްވީތީ މިއަދު ރާއްޖެ މިހާރު މިއޮތީ އެ ޙާލަތަކު ނޫން. މިއީ ރައްޔިތުންގެ ސަރުކާރެއް. މިއީ، ރައްޔިތުން ބާރުވެރިކޮށްގެން، ރައްޔިތުންގެ ބައިވެރިވުމާއެކު، ލާމަރުކަޒީ ނިޒާމު ހިންގަން ޖާގަދޭނެ ސަރުކާރެއް. މިއަދު ކައުންސިލަރުންނަށް ޤާނޫނީ ބާރު ލިބިއްޖެ. ރަށްރަށުގެ އިޚްތިޞާޞް ކަނޑައަޅައިފި” ރައީސް ވިދާޅުވިއެވެ.

އަދި ސަރުކާރު ހިންގުމުގައި، ޒަމާނުއްސުރެ ގެންގުޅެމުން އައި މަރުކަޒީ ވިސްނުން ދޫކޮށް، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި، ޚިދުމަތްތައް ދިނުމުގައި، ލާމަރުކަޒީ އުޞޫލަށް ބަދަލުވާންޖެހޭ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: