ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަމަހާ ދިމާކޮށް އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގުހެޔޮކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާ،އަލުވި އަދި ބިހުގެ އާ ސްޓޮކެއް ގެނެސްފިއެވެ.

މި ސްޓޮކާއެކު މިހާރު އެސްޓީއޯއިން ފިޔާ ކިލޯއެއް 9.50ރ. އަށް އަދި އަލުވި ކިލޯއެއް 9ރ. އަށް ލިބޭނެއެވެ. އަދި އެކުންފުނިން ބިހުގެ އަގު އުޅެނީ 1.40ރ. އަށެވެ.

އެސްޓީއޯއިން މިތަކެތި ވަކިން ވިއްކުމުގެ އިތުރުންހޯލްސޭލްވެސް ކުރާނެއެވެ. އެގޮތުން ހޯލްސޭލްކޮށް ފިޔާބަސްތާއެއް 200ރ. އަށް ލިބޭއިރު އަލުވި ބަސްތާއެއް185ރ. އަށް އަދި ބިސް ކޭހެއް 265އަށް ލިބޭނެއެވެ.

މި އަގުތަކަކީ ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެންއެ ކުންފުނިން ކަންޑައަޅާފައިވާ އަގުތަކެކެވެ.

އެސްޓީއޯއިން ރީޓެއިލްކޮށް މިތަކެތި ވިއްކާނީ އެ ކުންފުނީގެސުޕަމާޓުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: