ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމް އަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ކޮމިޓީއަށް

ޝިފްލާ އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ރައީސް އޮފީހުން ހުޅުވާލާފައިވަނީ އެ ކޮމިޝަންގެ މެމްބަރު އާމިނަތު ތަރާހަތު އިއްޒަތުގެ މަޤާމުގެ މުއްދަތު އަންނަ މަހުގެ 4 ވަނަ ދުވަހަށް ހަމަވާތީއެވެ. ބްރޯޑްކޮމްއަށް ހުޅުވާލި ފުރުސަތުގައި ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި 3 ބޭފުޅުންކީ،

  • އަލްއުސްތާޒާ ފާތިމަތު ސައުޝަން
  • ޝިފްލާ އިބްރާހިމް
  • ޑރ. މުހައްމަދު އިބްރާހިމް

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވި އިއްވި ނަންތައް ދިރާސާ ކުރެއްވުމަށް ވަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަކީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކޮށްފައިވަނީ ފަޒީންއެވެ. އެކޮމިޝަންގައި ފަޒީންގެ އިތުރުން ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް އަޙްމަދު ގައިސް އާއި، މެންބަރު އާމިނަތު ސަރާޙަތު ޢިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު ޢަލީ ޔޫސުފް އާއި މެންބަރު އާމިނަތު އަމީނާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: