ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްތަކަށް ވެސް ވޯޓުލާން ދެވޭނެ: އީސީ

އީސީގެ ރައީސް އަހުމަދު ޝަރީފު-- ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްތަކަށް ވެސް ވޯޓުލާން ދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވީ މޮނިޓަރިންގެ ހާލަތުގައިވާ ރަށްތަކަށް ވެސް ވޯޓުލާން ދެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން އެފަދަ ދަތުރުތައް ކުރެވޭނީ ރަށު ޓާސްކު ފޯހުގެ ހުއްދައިގެ ދަށުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެހެންކަމުން ވޯޓުލާ ތަން ބަދަލުކުރުމުގެ ފުރުސަތު މިހާރު ވަނީ ގެއްލިފަ އެވެ.

މިފަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލީ ވެރިކަންކުރާ އެމްޑީޕީން ނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާނީ ޕީޕީއެމް އިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: