ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާމިގިލިން މީހަކު ޕޮޒިޓިވްވެ، ރަށް މޮނިޓަރިންއަށް

އދ. މާމިގިލީ ޑޮމެސްޓިކް އެއާޕޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އދ. މާމިގިލި މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ.

މާމިގިލީގައި ކައުންސިލުން ބުނީ އެރަށުގައި ލޯންޗު ކެޕްޓަނަކަށް މަސައްކަތް ކުރާ މީހަކު ރޯގާ ޖެހި ހުން އައިސްގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި އޭނާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނުމުން ކޮވިޑަށް ޓެސްޓު ކުރި ކަމަށާއި އޭނާގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަން މިއަދު ހެނދުނު އަންގާފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެރަށް މިވަގުތު މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ.  އަދި އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން އެރަށަށް މީހުން އަރައި ފައިބައި ހެދުމަކީ މަނާކަމެކެވެ.

މާމިގިލިން މީހަކު ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތެރޭގެ ރަށްރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ރެކޯޑު އަދަދަކަށް އިތުރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: