ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އއ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމު ކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން  އަވައްޓެރި ފުލުހުންގެ ހިދުމަތް އއ. އަތޮޅުގައި ފަށައިފިއެވެ.

އިއްޔެ އއ. މަތިވެރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއަޒް އިމްރާން ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް އއ. އަތޮޅުގައި ފައްޓަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.  މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި، ފުލުހުންގެ އިސް އޮފިސަރުންނާއި، އއ. އަތޮޅު ކައުންސިލްގެ ރައީސް އާއި، އއ. މަތިވެރީ ކައުންސިލްގެ ރައީސް އާއި، ކައުންސިލް މެމްބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން މަތިވެރީގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުން ބައިވެރިވެލެއްވިއެވެ.

އަވައްޓެރި ފުލުހުންގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު، ފުލުހުންގެ ފަރާތުން އއ. އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ، އެ އަތޮޅުގެ ކައުންސިލާ ކޮމިޝަނަރ އޮފް ޕޮލިސް ހަވާލުކުރެއްވިއެވެ.

އއ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށާފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު ވަނީ އދ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށާފައެވެ. އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ލޯކަލް ޕޮލިސިންގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ހިދުމަތުގެ ތެރެއިން ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމު ކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މި ދަތުރުފުޅުގައި، އއ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކާއި އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާވެސް ބައްދަލުކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: