ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަމަހު ޕާކުތަކާއި މައިޒާންތައް ހުޅުވާނެ ގަޑިތައް އާއްމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަަަށް އޮތް ރޯދަ މަހު ޕާކުތަކާއި މައިޒާންތައް ހުޅުވިފައި ހުންނަ ގަޑިތައް ސިޓީ ކައުންސިލުން އާއްމުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ، މިފަދަ ގޮތަކަށް ގަޑިތައް ހަމަޖެއްސީ، މާލޭސިޓީގައި ދިރިއުޅޭ އާއިލާތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސް ދެއްވުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މާލޭސިޓީ ކައުންސިލުން ތަރައްޤީކޮށް ބަލަހައްޓަމުން ގެންދާ ޕާކުތަކާއި މައިޒާންތައް 1442 ވަނަ އަހަރުގެ ރަމަޟާންމަހު ހުޅުވިފައި ހުންނަ ގަޑިތަކަށް ބަލާނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލުމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރަމަޟާންމަހު ޕާކުތައް ހުޅުވިފައި ހުންނަ ގަޑިތަކަށް ބަލާއިރު، ލޮނުޒިޔާރަތް ޕާކާާއި ސަލްޓަން ޕާރކް ހަވީރު 16:00 އިން 17:45 އަށް، އަދި ރޭގަނޑު 21:00 އިން 23:00 އަށް ހުޅުވިފައި ހުންނާނެއެވެ.

ނަމަވެސް އެހެނިހެން ޕާކުތަކާއި މައިޒާންތައް ކުރިއެކޭވެސް އެއްގޮތަށް ޢާއްމުކޮށް ހުޅުވިފައި ހުންނާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: