ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 10،000 އިން މައްޗަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 10،569 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ އިތުރު 2،618 މީހުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހިކަމަށެވެ. އެގޮތުން އިއްޔެ މާލެ ސަރަހައްދުން 2،471 މީހުނަށް އަދި އަތޮޅުތެރެއިން 147 މީހުނަށް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ވަނީ ޖަހާފައެވެ.

އިއްޔެ ރާއްޖޭގައި ވަނީ 4،404 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒްވެސް ޖަހާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 380 މީހުންނާއި އަތޮޅުތަކުން ވެކްސިންޖެހި 4،024 މީހުންނެވެ. އެހެންކަމުން ރާއްޖޭގައި މިހާތަނަށް 260،285 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފަ އެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ޖަހައިދިނުން ކުރިއަށްގެންދެ އެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: