ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލި މައްސަލައެއްގައި މީހަކު ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮލަރު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެ ފައިސާ ނުދީ ފިލައިގެން އުޅޭ ކަމަށް ތުހުމަތު ކުރެވޭ މީހަކު، ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކޮށްފިއެވެ.

މި މައްސަލާގައި ފުލުހަށް ހާޒިރު ވުމަށް އަންގާފައި ވަނީ، މއ. ހަމީސަކްލް-1، އުމރުުން 35 އަހަރުގެ ހުސެއިން ޝިފާއު އަށެވެ. އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ، އޭނާ އުޅޭ ވަކިތަނެއް ނޭނގޭތީ، ޗިޓް ރައްދު ކުރެވިފައި ނުވާތީއެވެ.

އޭނާ ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކޮށްފައި ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިންނެވެ.

ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ޝިފާއު ހާޒިރު ވާން ޖެހެނީ ޝަހީދު ހުސެިން އާދަމް ބިލްޑިން ނުވަތަ ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނަށެވެ. ހާޒިރު ވާން ޖެހެނީ، އަންނަ ޖުލައި 10 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: