ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރާމާރީއެއްގައި އަނިޔާވި ބިދޭސީއަކު ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މާޗް މަހު 29 ގައި މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި ބިދޭސީއަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މި މައްސަލައާ ގުޅިގެން ބިދޭސީ މީހާ ހޯދަމަށް އޭނާގެ ފޮޓޯ ވެސް އާންމުކޮށްފައިވެއެވެ. މި މީހާއަކީ މިދިޔަ މާޗު 29 ވަނަ ދުވަހުގެ ވަގުތެއްގައި ގ. ބަށިމާވިލާ ގޭގެ ކައިރީގައި ހަދަމުންދިޔަ އިމާރާމާތެއްގެ ކައިރީގައި ބިދޭސީއެއްގެ ގައިގައި ދެ މީހަކު ވެގެން މާރާމާރީ ހިންގުމާ ގުޅިގެން އެމާރާމާރީގައި އަނިޔާ ލިބުނު މީހާއެވެ.

ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް ކުރި މަސައްކަތުން މިއީ ކާކުކަން ދެނެގަނެވިފައި ނުވެ އެވެ. އަދި އޭނާ އާ ބެހޭ މައުލޫމާތު އެނގޭ އެއްވެސް މީހަކު ވާނަމަ އެކަން އެންގުމަށްވެސް ފުލުހުން އެދިފައިވެއެވެ.

މައުލޫމާތު އެނގޭ ފަރާތްތަކުން އެކަން އަންގަން 9631696 އަށް ގުޅާއި، މައްސަލައިގެ އިންސިޑެންޓް ނަންބަރު ބުނުމަށްފަހު މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ. މި މައްސަލައިގެ އިންސިޑެންޓް ނަންބަރަކީ 483099 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: